Roadha Mihaaru
ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

17 ފެބުރުއަރީ 2019

ގއ. ވިލިނގިލީ އޮޑިފަހަރު ބަންނަ ހަރުގެއެއް ކައިރީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ހުސެއިން ސިމާދުގެ މަރުގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ގއ. ވިލިނގިލީ އޮޑިފަހަރު ބަންނަ ހަރުގެއެއް ކައިރީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ހުސެއިން ސިމާދުގެ މަރުގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސިމާދު، 36، މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިފައި ވަނީ ރަށް ޕެޓްރޯލް ކުރަމުންދިޔަ ފުލުސް މީހަކަށެވެ. އައްޑުއަށް އުފަން ސިމާދު އޮތީ ބަންޑުން ބިންމަތީގަ އެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފައި މި ވަނީ އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމުންނެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމަށް ބުނެ މީޑިއާތަކުގައި ބުނެފައިވާ ވާހަކަތަކަކީ ރަނގަޅު މައުލޫމާތު ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން މިއަދު މެންދުރު ބުނެފައި ވަނީ ސިމާދު ފިހިގެން ލިބިފައިވާ ކަހަަލަ ޒަހަމްތަކެއް ސިމާދުގެ ހަށިގަނޑުގައި ހުރި ކަމަށެވެ. އެކަމަކު އޭނާ މަރުވެފައި ވަނީ ފިހިގެން ލިބިފައިވާ ޒަހަމްތަކަކުން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ސިމާދު މިއަދު ފެނުނުއިރު އޭނާގެ ކަރުގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ވިލިނގިލިން ވާހަކަ ދެއްކި މީހުން ވަނީ ބުނެފަ އެވެ.

"އޭނާގެ ކަރުގެ ދެ ތަނަކުން ހުރީ ހަންގަނޑު ނޮޅިފައި. ފައިގައި ވެސް އެކަހަލަ ގޮތަކަށް ހުރި. ހީވަނީ ކަރަންޓު ނޫނީ އަލިފާނުން ލިބުނު އަނިޔާތަކެއް ކަމަށް،" އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.