Roadha Mihaaru
ކަރަންޓް ދަންތުރަ ނުހެދޭނެ، އަދަބު ލިބެން ޖެހޭނެ!

ވަގުން ހިފަން ކަރަންޓް ދަންތުރަ ނުހެދޭނެ، އެއީ އަދަބު ލިބެން ޖެހޭ ކުށެއް!

24 ފެބުރުއަރީ 2019

ވަގުން ހިފުމަށް ކަރަންޓު ދަންތުރަ ފަދަ ތަކެތި ހެދުމަކީ ގާނޫނުގައި ކުށެއް ކަމަށާއި ގއ. ވިލިނގިލީގައި ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވި މައްސަލައިގައި، އެކަން ކުރި މީހުން ހޯދައި ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަގުން ހިފުމަށް ކަރަންޓު ދަންތުރަ ފަދަ ތަކެތި ހެދުމަކީ ގާނޫނުގައި ކުށެއް ކަމަށާއި ގއ. ވިލިނގިލީގައި ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވި މައްސަލައިގައި، އެކަން ކުރި މީހުން ހޯދައި ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ބުނެފި އެވެ.

ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ސ. ހިތަދޫ ހިޔާލީގެ ސިމާދު، 36، މަރުވީ އެތަނުން ވައްކަން ކުރާތީ، ވަގުން ހިފުމަށް ބަޔަކު ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށު ބައެއް މީހުން ވަނީ ބުނެފަ އެވެ.

ވިލިނގިލި މީހަކާ ކައިވެނިކޮށްގެން ރަށުގައި އުޅޭތާ 12 އަހަރު ވެފައިވާ ސިމާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ގއ. ވިލިނގިލި: ސިމާދުގެ މަރުގެ މައްސަލާގައި އެކެއްގެ ބަޔާން ވަނީ ނަގާފައި

ގއ. ވިލިނގިލި: ސިމާދުގެ މަރުގެ މައްސަލާގައި އެކެއްގެ ބަޔާން ވަނީ ނަގާފައި

އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރި އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަންގެ ބަޔާން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ. ސިމާދުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

ގާނޫނީ ވަކީލް މަހްފޫޒް ސައީދު "މިހާރު" އަށް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި ނަމަވެސް މީހުންގެ ފުރާނަ އަށް ގެއްލުންވާނެ ފަދަ ވަސީލަތްތަކާއި ނިޒާމުތައް ގާއިމު ކުރުމަކީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ސެކިއުރިޓީގެ ނަމުގައި ކަރަންޓު ދަންތުރަ ޖެހުމާއި ދޮރު ހުޅުވުމުން ނުވަތަ އަތްލުމުން ކަރަންޓު ޝޮކް ޖެހޭ ގޮތަށް ހުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓިނު ޖަހައިގެން ތަނެއް ބަންދު ކުރެވިދާނެ. ދަގަނޑު ފެންސް ވެސް ޖެހިދާނެ. އެ ފެންސަކީ ކަރަންޓް ދީފައި ހުރި ދަންތުރަ އަކަށް ވެގެން ނުވާނެ،" މަހްފޫޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަގުންނަށް އަނިޔާވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި ރަނގަޅު ސެކިއުރިޓީ ނިޒާމެއް ގާއިމު ކުރުން މުހިންމު ކަމަށެވެ. އަދި ސެކިއުރިޓީ ދޭ ކުންފުނިތަކުގެ ހިދުމަތްތައް ފުޅާވެ ކުރި އަރާފައިވާތީ އެ ތަންތަނުގެ ބޭނުން ހިފިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ރަނގަޅު ސެކިއުރިޓީ ނިޒާމެއް ގާއިމުކޮށްފައި، ދެން ވަގުންގެ އުނދަގޫ ބޮޑުވާ ނަމަ، ލިބިފައިވާ ހެކީގެ އަލީގައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ވާނީ،" މަހްފޫޒް ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅިފައި އޮތްއިރު، މަހްފޫޒް ވިދާޅުވި ގޮތުގައި، ސިމާދުގެ މަރުގެ މައްސަލައިގައި ބަޔަކު ފަރުވާ ކުޑަ އަމަލެއް ހިންގާފައިވާ ކަން ފުލުހުންނަށް ސާބިތުވެއްޖެ ނަމަ، އެކަން ކުރި ބައެއްގެ މައްޗަށް، އެ ކުށުގެ އުންސުރުތައް ފުރިހަމަވެ އެވެ.

އެހެން ވަކީލަކު ވިދާޅުވީ އަމިއްލަ ގެދޮރާއި މުދަލުގެ ރައްކާތެރިކަމާ މެދު ކޮންމެ މީހަކު ވެސް ކަންބޮޑުވާނެ ކަމަށެވެ. ނަމަވެސް އެ އެއްޗެހީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެހެން މީހެއްގެ ފުރާނަ އަށް ގެއްލުންވާ ފަދަ ކަމެއް ކުރުމަކީ ކުށެއް އޭނާ ވިދާޅުވި އެވެ.

"ގޯތި ގެދޮރާއި މުދާ ރައްކާތެރި ކުރަން ވާނީ އެހެން މީހެއްގެ ފުރާނަ އަށް ނުރައްކަލެއް އުފައްދައިގެން ނޫން. އެއީ ގާނޫނީ ގޮތުން ބޮޑެތި އަދަބު ލިބޭނެ ކުށެއް،" އެ ވަކީލު ވިދާޅުވި އެވެ.

"މިސާލަކަށް ހިތުގެ ބަލި ނޫނީ ލޭގެ ޕްރެޝަރު ހުންނަ މީހުން، ކަރަންޓު ދަންތުރައެއް ހަދާފައި ހުންނަ ތަނަކަށް ވަދެގެން ހިތް ހުއްޓިގެން މަރުވުމަކީ ވަރަށް ގާތް ކަމެއް."

ވިލިނގިލިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ ސިމާދަކީ އެ ރަށުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގްރޫޕްގެ މީހުން ވަރަށް ގިނަ އިން އެ ހަރުގެއަށް ގޮސް ވައްކަންކޮށް ހަދާތީ، ހަރުގެ ބަލަހައްޓާ މީހާ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށެވެ.

ވިލިނގިލީ ބައެއް މީހުން ހަރުގެ އިން ވައްކަން ކުރުން އާންމުވުމާ ގުޅިގެން ބަޔަކު ކަރަންޓު ދަންތުރައެއް ހަދައި، އެތަނުގައި ބެހެއްޓި ކަމަށާއި އެންމެ ފަހުން އެ މަޅީގައި ޖެހުނީ ސިމާދު ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

ސިމާދު މަރުވީ އޭގައި ޖެހިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަތާއި މެޔާއި ކަރުން މަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. ފުލުހުން ބުނާ ގޮތުގައި އެއީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކެއް ނޫނެވެ. އެއީ ފިހިގެން ލިބުނު ޒަހަމްތަކެއް ކަމަށް ފުލުހުން ބުނެ އެވެ.