Roadha Mihaaru
ޑަބްލިއު ކޮންސްޓްރަކްޝަނަށް ފަސްލައްކައިގެ ޖޫރިމަނާއެއް

ޖިއާންގެ މަރާ ގުޅިގެން ޑަބްލިއު ކޮންސްޓްރަނަށް 500،000 ރުފިޔާގެ ޖޫރިމަނާއެއް

20 ފެބުރުއަރީ 2019

ޑަބްލިއު ކޮންސްޓްރަކްޝަނުން މަަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ބަންގްލަދޭޝްގެ ރޯޝަން ޖިއާން މަރުވި ހާދިސާއާ ގުޅިގެން އެ ކުންފުނި 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑަބްލިއު ކޮންސްޓްރަކްޝަނުން މަަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ބަންގްލަދޭޝްގެ ރޯޝަން ޖިއާން މަރުވި ހާދިސާއާ ގުޅިގެން އެ ކުންފުނި 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ ޖިއާން މަރުވި ހާދިސާ ހިނގުމާ އެކު އޭރު އެ މައްސަލަ ބަލައި ޑަބްލިއު ކޮންސްޓްރަކްޝަނަށް އޭރު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް ޖިއާންގެ މަރާ ގުޅިގެން އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން މާލޭގެ މޭޔަރާ "މިހާރު"ން ސުވާލު ކުރިއިރު ވެސް އެފަދަ ފިޔަވަޅެއް އެޅި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

"ހަމަ އޭރު އެ ހާދިސާ ހިނގި ތަނާ އަޅުގަނޑުމެން އެ މައްސަލަ ބަލާފައި، ސިޓީ ކައުންސިލުން މަޝްވަރާކޮށްފައި ޑަބްލިއު ކޮންސްޓްރަކްޝަން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ. އެއީ ގަވައިދުން އަޅުގަނޑުމެންނަށް އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު،" ސަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ފިޔަވަޅު އެޅިޔަސް ޖިއާންމެ މަރުގެ މައްސަލަ ބެލުން ނިމުނީ ނޫން ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ޖިނާއީ ދައުވާ ކުރުމުގެ ކަންތައް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން، ޑިސެމްބަރު 16 ގައި މަރުވީ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޖިއާން މަރުވި ހާދިސާ ތަހުގީގުކޮށް އިންސާފު ހޯދައިދޭން އޭނާގެ މަންމަ އަންނަނީ ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ. ފ. ނިލަންދޫގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރުޒާނާ ހުސައިން އެ ހާދިސާގެ ފަހުން ރާއްޖެ އަށް އެނބުރި ވަޑައިގެން ވިދާޅުވީ ދަރިފުޅުގެ މަރަށް އިންސާފު ލިބެންދެން ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.