ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްދޭން ޕީޕީއެމުން ހުށަހަޅައިފި އެވެ.
21 ފެބުރުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްދޭން ޕީޕީއެމުން ހުށަހަޅައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް، މިނިވަން މުއާސަސާތަކާ ބެހޭ ކޮމިޓީ އަށް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދޭން ހުށަހަޅާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވީ ޔާމީންގެ މައްސަލައިގައި ގާނޫނު އަސާސީއާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ހައްގުތައް ކަށަވަރުކޮށްދިނުމާއި ތަފާތު ނުކުރުމާއި މަނާކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަމާއި ހަމަހަމަ ކަމާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާއި މުދާ ހޯދައި ގެންގުޅުމުގެ ހައްގާއި ގާނޫނާ ހިލާފަށް ހައްޔަރު ބަންދު ނުކުރުން އަދި މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން ބަޔާންކުރާ މާއްދާތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
ޕްރޮސެކިއުޓާ ޖެނެރަލް ހާޒިރުކުރަން ސޮއިކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމެވެ. މީގެ އިތުރުން އެކްޓިން ކޮމިޝަނާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ މި މެމްބަރުންގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
އަލީ އާރިފް ވިދާޅުވީ ޔާމީން ހައްޔަރުކުރީ ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން ޖައްސާލައިގެން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝާނާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި 150 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް ފައިސާ ވަދެފައިވާކަން އެނގޭއިރު، ޔާމީނަށް އެކަނި ފިޔަވަޅު އެޅުމުން ގަބޫލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މަދަނީ މައްސަލައެއް ކަމަށާއި އެފަދަ މައްސަލައެއްގައި ހައްޔަރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
""މިއީ މަދަނީ ކަމެއް، މަދަނީ ކަމެއްގައި ގާނޫނު އަސާސީ އިން ބުނަނީ ހައްޔަރެއް ނުކުރެވޭނެ އޭ. މަދަނީ ކަމެއްގައި ޖިނާއީ ކަމެއް ވާ ކަން ވެސް އިނގޭނީ ތަހުގީގުކޮށް ނިމުނީމައި،" އާރިފް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ރިމާންޑު ޖަލުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. އެއަށްފަހު، އިއްޔެ އެ މަނިކުފާނު ވަނީ ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނެސްފަ އެވެ. 24 ގަޑިއިރަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު މިހާރު ވަނީ އަލުން ޖަލަށް ބަދަލުކޮށްފަ އެވެ.
ޕީޖީ އާއި އެކްޓިން ސީޕީ ކޮމިޓީއަށް ހާޒިރެއް ނުކުރި
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު
ގައުމު ގޮވަނީ ޔާމީންގެ ޚިދުމަތަށް: ޕީޕީއެމް/ޕީއެންސީ
ޔާމީން ގެ އަށް ބަދަލުކޮށްފި
"ކެންޑިޑޭޓުންގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން"
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
ޔާމީންގެ ސަޕޯޓަރުން ކޮންޓްރޯލްކުރަން ޕެޕަ ސްޕްރޭޖަހައިފި
ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ: އަބްދުއްރަހީމް