Roadha Mihaaru
ޕީޖީ އާއި އެކްޓިން ސީޕީ ކޮމިޓީއަށް ހާޒިރެއް ނުކުރި

ޕީޖީ އާއި ސީޕީ ކޮމިޓީ އަށް ހާޒިރު ނުކުރުމުން މުގައްރިރު ވަކިކުރަން ހުށަހަޅައިފި

25 ފެބުރުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ހުށަހެޅި މައްސަލަ ނުބަލަން މިއަދު ނިންމުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރުކަމުން ރޮޒައިނާ އާދަމް ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ޕާޓީ، ޕީޕީއެމް/ކޮންގްރެސް ޕާޓީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން ހައްޔަރުކުރި މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ނުބެލޭނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ނުބަލަން ނިންމުމުން ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ތިއްބަވާ ތިން މެމްބަރުން ސޮއިކުރައްވައި، އެ ކޮމިޓީގެ މުގައްރިރު ކަމުން ރޮޒެއިނާ ވަކިކުރަން ހުށަހަޅުއްވާފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު މި ފެންނަނީ އެ ބޭފުޅުން އިދިކޮޅުގައި ތިބެގެން ދެއްކެވި ވާހަކަތަކާ ދިމާ އިދިކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތަން. އޭރު އެ ބޭފުޅުން ކޮމިޓީތަކުގެ މަސައްކަތްތައް ނުހިނގާ ވާހަކަ އާއި ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތައް އެޖެންޑާ ނުކުރާ ވާހަކަ ދެއްކެވި،" ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ކަމާ ގުޅޭގޮތުން ރޮޒެއިނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

PG aai acting CP majlis committee ah haaziru kuranee

PG aai acting CP majlis committee ah haaziru kuranee

The most trusted news source in the Maldives

Mihaaru

ޕީޖީ އާއި އެކްޓިން ސީޕީ ކޮމެޓިއަށް ހާޒިރު ކުރަން ހުށަހެޅުން---

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި މިހާރު ބަންދުކޮށްފައިވާ ޔާމީން މިނިވަންކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން އަބްދުއްރަހީމް މިއަދު ވިދާޅުވީ، އެއީ ޑިމޮކްރަސީ މަރައިލުމަށް ކުރާ ކަމެއްގެ ގޮތުގައި ރައީސަށް ދެންނެވި ކަމަށެވެ. އެ ކަންބޮޑުވުންތައް އެނގިވަޑައިގެންފި ކަމަށާއި އެކަމަށް "އެޓެންޑް" ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ވިދާޅުވި ނަމަވެސް މިއަދު މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެންނަށް އޭގެ އެއްވެސް އިޝާރާތެއް ނެތް. އަދިވެސް ރައީސް ޔާމީން ހުންނެވީ ޖަލުގައި. ރައީސް ޔާމީން މިނިވަން ވެދާނެ ކަމުގެ ނުވަތަ ގެ އަށް ގެނެވިދާނެ ކަމުގެ އެއްވެސް އުއްމީދެއް އަދިވެސް އަޅުގަނޑުމެންނަށް އެކަމާ ގުޅިގެން ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ތަހުގީގަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ބޭފުޅެއް ކަމާއި ޗިޓް ހަވާލު ކުރިތާ 30 މިނިޓުގެ ތެރޭގައި ކޯޓަށް ވެސް ހާޒިރުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.