Roadha Mihaaru
ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ: އަބްދުއްރަހީމް

ޔާމީން މިނިވަންކުރުމުގެ ޖަވާބު: ގާނޫނީ އިމުގެ ތެރެއިން ހިންގާ ކަންކަމަށް އިތުރު ސުވާލެއް ނެތް!

07 ޑިސެމްބަރ 2023

މަނީލޯންޑަރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ސަރުކާރު ކޯލިޝަން އަދި އެ މަނިކުފާނުގެ ކުރީގެ ކޯލިޝަން ޕާޓީ ޕީޕީއެމްޕީ/އެންސީން ރޭ ދެކޮޅު ހަދައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަނީލޯންޑަރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ސަރުކާރު ކޯލިޝަން އަދި އެ މަނިކުފާނުގެ ކުރީގެ ކޯލިޝަން ޕާޓީ ޕީޕީއެމްޕީ/އެންސީން ރޭ ދެކޮޅު ހަދައިފި އެވެ.

ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެހެންވެ، އެ ކޯލިޝަންގެ އާ ލީޑަރުގެ މަގާމަށް ރޭ ވަނީ ރައީސް ޑރ. މުއިއްޒު ހަމަޖައްސައިފަ އެވެ.

ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް ވިދާޅުވީ އެ ސުވާލަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ބައްދަލުވުމެއްގައި އެ ކޯލިޝަންގެ އާ ލީޑަރު ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާއިރު ޔާމީނަށް ހާއްސަ ގޮނޑި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭގެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، ރޭ ނޫސްވެރިންނާ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެ ކޯލިޝަންގެ ސެނެޓުން ނިންމި ނިންމުންތައް އާންމު ކުރައްވަން ކަމަށް ވާތީ އެވެ.

"މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. އެކަމާ ނުގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކޮންމެ ކަމެއް ވެސް ކުރައްވަން. އެހެންވީމާ ގާނޫނީ އިމުގެ ތެރެއިން އެ އޮންނަ އުސޫލެއްގެ ތެރެއިން ހިންގަމުންދާނެ ކަމަށް އިތުރު ސުވާލެއް ވެސް ނެތް. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާނެ."

ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ހަފުލާގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ހަފުލާގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ޔާމީން ގެ އަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމުގެ ކަންކަން ކުރައްވާނީ ގާނޫނުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް، އެހާ ތަނަށް ވެސް އެ މަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފި ނަމަ އަޅުގަނޑު ފުރަތަމަ [ޔާމީން ގެއަށް] ގެންނާނަން. މާނަ އަކީ އަޅުގަނޑުމެން އިއްޔެ ފެށި މަސައްކަތުގެ ގިއަރު އިތުރަށް މަތި ކުރަމުން ގޮސް، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފުރަތަމަ ބުރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ އަނެއް ދުވަހު ޔާމީން ވަނީ ޖަލުން ގެ އަށް ބަދަލުކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ޔާމީންގެ ފަރާތުންނެވެ.