24 ފެބުރުއަރީ 2019
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.
ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގެ އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މަޖިލީހުގެ ކާށިދޫ ދާއިރާ އަށް ވާދަކުރެއްވުމަށް އެެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި، ޖާބިރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.
އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތުން ރަނގަޅު ކަމަށާއި އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އަމަލުކުރާ ކަމަށެވެ.
ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިންނެވެ. މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
ނަމަވެސް މައްސަލަ ހުށަހެޅުއްވި ބޭފުޅުން ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ ގޮތަށް އޮންނަ ގައުމުތަކުގައި އެހެން އޮންނަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާތީ ކަމަށާއި އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޕްރައިމަރީ ބާއްވަން ލާޒިމް ނުވުމުގެ އިތުރުން ޕްރައިމަރީ ބޭއްވުމުގެ އުސޫލުތަކެއް ވެސް ނެތްކަން ފާހަގަކުރި އެވެ.
މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ތާވަލްކޮށްފައި ވަނީ ހެނދުނު 9:45 އަށެވެ.
ޕްރައިމަރީގެ މައްސަލައިގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ވީބީ ބްރަދާސްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައިގެ އަޑުއެހުމެއް ވެސް މާދަމާ މެންދުރު ފަހު 1:15 އަށް ތާވަލްކޮށްފައިވެ އެވެ. އޭނާގެ ފޯމު ބަލައިނުގަތީ ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ވަނީ ފޯމާ މެދު ގޮތެއް ނިންމުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެފަ އެވެ.
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟
މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަން ބޮޑުވެއްޖެ
ރުކުމާ އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހަޅައިފި
ޕްރައިމަރީން ބަލިވެގެން ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު
"ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މާއްދާ ރަނގަޅު"
ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލަ ފަށަނީ
ޕްރައިމަރީން ބަލިވިޔަސް، ވާދަކުރެވޭ ގޮތް ހަދަން ކޯޓަށް
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް