Roadha Mihaaru
ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި

ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި

25 ފެބުރުއަރީ 2019

ހެނޮއި (ފެބްރުއަރީ 25) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހެނޮއި (ފެބްރުއަރީ 25) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި އެވެ.

ހޮން ކޮންގަށް އުފަން ހޮވާޑް އެކްސް ނަމަކަށް ކިޔާ މީހާ ވިއެޓްނާމަށް ދިޔައީ ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވިއެޓްނާމުގެ ވެރިރަށް ހެނޮއިގައި ބާއްވާ ސަމިޓުގެ ކުރިންނެވެ. ޓްރަމްޕްއާ ވައްތަރު ކެނެޑާ އަށް އުފަން ރަސެލް ވައިޓް އާއި ހޮވާޑް އެކްސް ވަނީ ހެނޮއިގައި "ސަމިޓެއް" ވެސް ބާއްވައިފަ އެވެ. އެ މީހުން އުޅެނީ ވެސް ސެކިއުރިޓީ ގާޑުން ގޮވައިގެންނެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު ހޮވާޑް އެކްސް (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވައްތަރު ރަސެލް ވައިޓް. --ފޮޓޯ:އޭއެފްޕީ

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު ހޮވާޑް އެކްސް (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވައްތަރު ރަސެލް ވައިޓް. --ފޮޓޯ:އޭއެފްޕީ

ކިމްއާ ވައްތަރު ހޮވާޑް އެކްސް އަށް ވިއެޓްނާމް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފަ އެވެ. ވިއެޓްނާމުގެ އިމިގްރޭޝަން އޮފިސަރުން ބުނެފައި ވަނީ ހޮވާޑް އެކްސްގެ އަތުގައި ސައްހަ ވިސާއެއް ނެތް ކަމަށެވެ. އޭނާ ޑިޕޯޓްކޮށްލީ އެހެންވެ ކަމަށް ބުނެފައިވެ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު މީހާ ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ވައްތަރު މީހާ ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

އެކަމަކު ހޮވާޑް އެކްސް ބުނީ އޭނާގެ ކުށަކީ ކިމް ޖޮން-އުންއާ ވައްތަރުވުން ކަމަށެވެ.

ރަސެލް ވައިޓް ބުނީ އޭނާ ވިއެޓްނާމުގައި ހަފުތާއެއްހާ ދުވަހު މަޑުކުރާނެ ކަމަށެވެ. އެކަމަކު އާއްމު ތަންތަނަށް ނުކުމެ ނޫޅޭނެ ކަމަށް ބުންޏެވެ. ވައިޓް ބުނީ އޭނާ ވިއެޓްނާމަށް ދިޔައީ ޓްރަމްޕާއި ކިމްގެ ސަމިޓުން ހާސިލްވާނެ މިންވަރެއް ބެލުމަށް ކަމަށެވެ.