04 އޮކްޓޯބަރ 2024
އުތުރު ކޮރެއާގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވައިލަން ދޭ އެއްވެސް ހަމަލާއެއްގެ ރައްދުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ދެއްވައިފި އެވެ.
އުތުރު ކޮރެއާގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވައިލަން ދޭ އެއްވެސް ހަމަލާއެއްގެ ރައްދުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ދެއްވައިފި އެވެ.
ކިމް ޖޮންގް އުން މި އިންޒާރު ދެއްވީ، އެމެރިކާއާ އެކު ދެކުނު ކޮރެއާ އިން އަސްކަރީ ބާރު ދައްކައިލުމުގެ ހަރަކާތެއް ބާއްވާފައިވަނިކޮށެވެ.
އެ ހަރަކާތަށް ފަހު، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުން އުތުރު ކޮރެއާ އިން ދޫކޮށް ނުލައިފިނަމަ އޭގެ ރައްދު އެމެރިކާ އާ ގުޅިގެން ވަރުގަދަ އަށް ދޭނެ ކަމަށެވެ.
ޔޫން ސުކްގެ އިންޒާރާ ގުޅިގެން، އުތުރު ކޮރެއާގެ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށް ބުދަ ދުވަހު އޮތް އަސްކަރީ ހަރަކާތެއްގައި ކިމް ޖޮންގް އުން ވިދާޅުވި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުންޏެވެ.
"އުތުރު ކޮރެއާގެ ދުޝްމިނުން، އުތުރު ކޮރެއާގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ކޮށްފި ނަމަ އެއްވެސް ޖެހިލުމެއް ނެތި، ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް އުތުރު ކޮރެއާގެ އަސްކަރީ ހުރިހާ ބާރެއް ބޭނުންކުރާނެ،" ކިމް ވިދާޅުވި އެވެ.
ދެކުނު ކޮރެއާ އަކީ އެމެރިކާގެ އަސްކަރީ ހިމާޔަތް ލިބިފައިވާ ގައުމެކެވެ. ދެކުނު ކޮރެއާގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގައި އެތައް ހާސް އެމެރިކާ ސިފައިން ތިބެ އެވެ.
އުތުރާއި ދެކުނު ކޮރެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ކޯޅުން މި ފަހުން ހޫނުވެފައިވަނީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ޔުރޭނިއަމް ފައްކާކުރާ ފެކްޓަރީއަކަށް ކިމް ޒިޔާރަތްކުރައްވައި، އެތަނުގެ ފޮޓޯތައް އާންމުކުރުމާ ގުޅިގެންނެވެ.
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި
"ސައުތު ކޮރެއާއަށް އެތެރެވި ވަގުތު ޖަޒުބާތުން ފުރުނު"
ނިއުކްލިއާ ހަތިޔާރު ނައްތާލަން ކޮރެއާގެ ވެރިން އެއްބަސް
ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް
ދެ ކޮރެއާގެ ވެރިންގެ ސަމިޓް ދެ ގައުމު ގުޅޭ ބޯޑަރުގައި