Roadha Mihaaru
މާލެ ސާފުކުރާ ހަރަކާތްތަކެއް އޭސީއެމް އިން ހިންގައިފި

މާލެ ސާފުކުރުމުގެ ހަރަކާތްތަކެއް އެމެރިކަން ސެންޓަރުން ހިންގައިފި

01 މާޗް 2019

މާލެ ސާފުކުރުމުގެ ހަރަކާތެއް އެމެރިކަން ސެންޓާ އޮފް މޯލްޑިވްސް (އޭސީއެމް) އިން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ސާފުކުރުމުގެ ހަރަކާތެއް އެމެރިކަން ސެންޓާ އޮފް މޯލްޑިވްސް (އޭސީއެމް) އިން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މިއީ މަޖީދިއްޔާ ސްކޫލުގެ ސްކައުޓުންނާއި އޭސީއެމް ގުޅިގެން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. މިއަދުގެ ހަރަކާތުގައި ވޭސްޓު މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑައިރެކްޓަރު އާދަމް މުހައްމަދު ބައިވެރިވަޑައިގެންނެވި އެވެ.

މާފަންނު އިންޑަސްޓްރިއަލް ޒޯން ސާފުކުރަން އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އެމެރިކަން ސެންޓަރު

މާފަންނު އިންޑަސްޓްރިއަލް ޒޯން ސާފުކުރަން އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އެމެރިކަން ސެންޓަރު

މާފަންނު އިންޑަސްޓްރިއަލް ޒޯން ސާފުކުރަން ހިންގި މި ހަރަކާތުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސްކޫލް ދަރިވަރުންނެވެ. ދެ ގަޑިއިރު ތެރޭގައި 307 ކިލޯގެ ކުނި ހޮވި ކަމަށް ކޮލޮމްބޯގައި ހުންނަ ޔޫއެސް އެމްބަސީގެ ޕަބްލިކް އެފައާޒް ސްޕެޝަލިސްޓް އައިމިނަތު ޝިޒްލީން ވިދާޅުވި އެވެ.

"އެ ކުނީގައި އެންމެ ގިނައީ ޕްލާސްޓިކް ފުޅި. އެކަމަކު ބަރުދަނުން ގިނައީ ޖެނެރަލް ވޭސްޓު،" ޝިޒްލީން ވިދާޅުވި އެވެ.

ޖެނެރަލް ވޭސްޓުކަމަށް ބަލަނީ ޕްލާސްޓިކް، ބިއްލޫރި އަދި އަލުމިނިއަމް ދަޅު އަދި ފުޅި ނޫން އެހެން ހުރިހާ ކުންޏެކެވެ.

މާފަންނު އިންޑަސްޓްރިއަލް ޒޯން ސާފުކުރަން އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގައި ބައިވެރިވި ބައެއް ސްކޫލް ދަރިވަރުން -- ފޮޓޯ: އެމެރިކަން ސެންޓަރު

މާފަންނު އިންޑަސްޓްރިއަލް ޒޯން ސާފުކުރަން އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގައި ބައިވެރިވި ބައެއް ސްކޫލް ދަރިވަރުން -- ފޮޓޯ: އެމެރިކަން ސެންޓަރު

އެތަނުން ބުނީ މިކަމަށް އާންމުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.