ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު ބާއްވަމުން އަންނަ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ރާއްޖޭގެ އެކި ރަށްރަށުން ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
17 ޖޫން 2023
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު ބާއްވަމުން އަންނަ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ރާއްޖޭގެ އެކި ރަށްރަށުން ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
"މޯލްޑިވްސް ފޯ ދި އޯޝަންސް" އަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި މަޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ޕާލޭއިން ބޭއްވި ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ކ. ގާފަރު ސްކޫލްގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ގާފަރު ސްކޫލް
މިއަދު ހެނދުނު 6:00 ގައި ފެށި މި ހަރަކާތުގައި މާލެ އާއި ރަށްރަށުގައި އާންމުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން އަދި ރިސޯޓުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މިއަދު ހަވީރު 6:00 ޖަހަން ދެން މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ޕާލޭއިން ކުރިއަށް ގެންދާ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތް "މޯލްޑިވްސް ފޯ ދަ އޯޝަންސް" pic.twitter.com/dfGzqmNciD
— Mihaaru (@Mihaarunews) June 17, 2023
މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕާލޭއިން ބޭއްވި ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ށ. ފުނަދޫ ސްކޫލްގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ފުނަދޫ ސްކޫލް
އަޅުގަނޑުމެންގެ ގައުމަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ގުދުރަތީ ރީތިކަމުން އަޅުގަނޑުމެންނަށް ލިބޭ ނަފާ: ނައިބު ރައީސް ފައިސަލް
ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ކަނޑުތަކާ ގުޅޭ ހުށަހެޅުންތަކާއި މި ހަރަކާތާ ގުޅޭ އިންޓަވިއުތަކާއި މަންޒަރުތައް ޓީވީއެމުން އަންނަނީ ވަގުތުން ދައްކަމުންނެވެ.
ޕާލޭއިން ބޭއްވި ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ފުނަދޫ ސްކޫލް
މި ހަރަކާތުގައި އެއްގަމާއި ކަނޑު ވެސް ސާފުކުރާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އަދި ކަނޑާ ގުޅޭ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމާއި "އޯޝަން ޕްލެޖު" އިގުރާރުގައި ސޮއިކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދެ އެވެ.
"އޯޝަން ޕްލެޖު" އިގުރާރުގައި ސޮއިކުރެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ލިބޭ ނަފާ ކަމަށްވާއިރު، މުސްތަގުބަލަށްޓަކައި މި ނިއުމަތް ރައްކާތެރިކުރެވޭނީ ތިމާވެށި ހިމާޔަތްކުރުމަށް މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ޕާލޭއިން ބޭއްވި ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އަރަބިއްޔާ ސްކޫލް
"އަޅުގަނޑުމެންގެ ގައުމަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ގުދުރަތީ ރީތިކަމުން އަޅުގަނޑުމެންނަށް ލިބޭ ނަފާ. ދިވެހިރާއްޖޭގައި މިހާރު ވެސް ހިނގަމުންދާ 170 ވަރަކަށް ރިސޯޓާ އަދި އެތައް ސަތޭކަ ގެސްޓް ހައުސް އާއި ސަފާރީ އުޅަނދުތަކާ މި ހުރިހާ ފަރާތްތަކަށް މި އަންނަ ފަތުރުވެރިން، މިއީ އަޅުގަނޑުމެންނަށް އޮތް ނަސީބަކީ،" ފައިސަލް ވިދާޅުވި އެވެ.
"އެހެންވެ މިއަދު އަޅުގަނޑުމެން ގަބޫލުކުރަންވީ ދުނިޔޭގައި މީހުން ގިނަވެ، އެ ފަރާތްތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ސަބަބުން، މި ކަންތައްތަކީ އަޅުގަނޑުމެން ސީރިއަސްކޮށް ކޮންމެ މީހަކު ވެސް، އެމީހެއްގެ ފަރުދީ ޒިންމާ އަދާނުކޮށްފި ނަމަ ދާދި އަވަހަށް އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނެ އެއްޗެއް."
ޕާލޭއިން ބޭއްވި ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ފުނަދޫ ސްކޫލް
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުން ކަމަށް ޕާލޭ އިން ބުނެ އެވެ. ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގެން މަސައްކަތްކުރުމަށް ބާރުއަޅައި، ހިތްވަރު ދިނުމަކީ ވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް ޕާލޭ އިން ބުންޏެވެ.
ޕާލޭ މޯލްޑިވްސް އަކީ ޕްލާސްޓިކް ކުނިީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ދިމާވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ 2015 އިން ފެށިގެން މިހާތަނަށް 2,109,310 ކިލޯގެ ޕްލާސްޓިކް ކުނި އެއްކޮށް ރިސައިކަލް ކޮށްފަ އެވެ.
އައްސޭރި ސާފުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި!
އެއްދުވަހުން އެއްކުރީ 65 ޓަނުގެ ކުނި
މާފުށި އެއްކޮށް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ރީޔޫސަބްލް ފުޅި ދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި
ކަރުދާސް ހޮޅި ދޫކޮށް ޕްލާސްޓިކަށް ދާނަން: ޓްރަމްޕް
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން އަލުން ފަސްކޮށްފި
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ކޮތަޅު: މަގުސަދު ހާސިލްނުވެ، އާންމު މީހާ އަށް ބުރަ