03 މާޗް 2019
މައިކްރޮސޮފްޓް އެކްސެލް އަށް ވުރެ ވަކިން މަޝްހޫރު "ސްޕްރެޑްޝީޓް" އެޕްލިކޭޝަނެއް ނެތް ކަމަށް ބުނަން ކެރެ އެވެ. އެކްސެލްގެ ކުޅަދާނަކަމަށް ނިމުމެއް ނެތެވެ.
މައިކްރޮސޮފްޓް އެކްސެލް އަށް ވުރެ ވަކިން މަޝްހޫރު "ސްޕްރެޑްޝީޓް" އެޕްލިކޭޝަނެއް ނެތް ކަމަށް ބުނަން ކެރެ އެވެ. އެކްސެލްގެ ކުޅަދާނަކަމަށް ނިމުމެއް ނެތެވެ.
މައިކްރޮސޮފްޓް އެކްސެލް މޮބައިލް އެޕްލިކޭޝަނަށް "ވަރަށް މުހިންމު" ފީޗާއެއް އިތުރުކުރަނީ އެވެ. އެންޑްރޮއިޑް މޮބައިލް އެޕްލިކޭޝަނަށް އިތުރުކުރި ފީޗާ އަށް ކިޔަނީ "އިންސާޓް ޑާޓާ ފްރޮމް ޕިކްޗާ" އެވެ. މާނަކޮށްލާށެވެ. އެޕްލިކޭޝަން މަސައްކަތްކުރަނީ ތިޔަ ދޭހަވި ގޮތަށެވެ. އެކްސެލް އައިއޯއެސް އެޕްލިކޭޝަނަށް ވެސް މި ބަދަލު އަދި އަންނާނެ އެވެ.
ގަނޑެއްގައި ޕްރިންޓްކޮށްފައި އޮތް "ޑާޓާ ޓޭބަލް"އެއްގެ ފޮޓޯއެއް ނަގާށެވެ. މި ވަގުތު އަދި ބޭނުންކުރާނީ އެންޑްރޮއިޑް ސްމާޓްފޯނެކެވެ. އެކްސެލް އެޕްލިކޭޝަން މިހާރު ތަރައްގީކޮށްފައި ވަނީ ފޮޓޯއިން ފެންނަ ޓޭބަލެއް، އެކްސެލް ޓޭބަލްއަކަށް އޮޓަމެޓިކުން ބަދަލުކުރެވޭ ގޮތަށެވެ. މައިކްރޮސޮފްޓުން ބުނަނީ އެކްސެލް އެޕްލިކޭޝަންގައި މިހާރު "އާޓިފިޝަލް އިންޓެލިޖެންސް" ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން، އެކްސެލް އަމިއްލަ އަށް ވިސްނަން ފެށީ އެވެ.
މައިކްރޮސޮފްޓް އެކްސެލް އަކީ ވާދަކުރަން އުނދަގޫ އެޕްލިކޭޝަނެކެވެ. އެއާ އެއް ފެންވަރުގެ އެހެން އެޕްލިކޭޝަނެއް ވުޖޫދުގައި ނެތެވެ. ނަމަވެސް، ވާދަވެރިން ވަނީ، ހުރިހާ އެންމެން އެކްސެލް އަށް ބޭނުންނުޖެހޭ ވަރު ކޮށްފަ އެވެ. މިސާލަކަށް "ގޫގުލް ޝީޓްސް" ނަގަމާ އެވެ.
ގޫގުލް ޝީޓްސް އަކީ މައިކްރޮސޮފްޓް އެކްސެލް އިން ކުރެވޭ ވަރަށް ގިނަ މަސައްކަތްކުރެވޭ "ވެބް އެޕްލިކޭޝަނެކެވެ. ގޫގުލް ޝީޓްސް ވަރަށް ފަސޭހަ އެވެ. ފަސޭހަވާ އެންމެ ބޮޑު ސަބަބަކީ ވަކި އެޕްލިކޭޝަނެއް ކޮމްޕިއުޓަރަށް އަޅަން ނުޖެހޭތީ އެވެ. ކޮންމެ ކޮމްޕިއުޓަރެއް ބޭނުންކުރި ނަމަވެސް، އިންޓެނެޓް ލިބޭ ނަމަ، ގޫގުލް ޝީޓްސް ބަރާބަރަށް މަސައްކަތްކުރެ އެވެ.
ގޫގުލް ޝީޓްސް އަށް ލިބިފައިވާ ތަނަވަސްކަމާ އެކު ވެސް، މައިކްރޮސޮފްޓް އެކްސެލް ދޫކޮށްލަން ބޭނުން ނޫން މީހުންގެ އަދަދު މިލިއަން ފަހަނައަޅަ އެވެ. އެންމެ ބޮޑު ސަބަބަކީ، އެކްސެލްއިން "ފޮމިއުލާ" ލިޔެވޭ ފެންވަރަށް، އެހެން އެޕްލިކޭޝަނަކުން ނުލިޔެވުމެވެ.
މައިކްރޮސޮފްޓުން އެކްސެލްގައި ހިމަނާ "އިންސާޓް ޑާޓާ ފްރޮމް ޕިކްޗާ" ފަދަ ފީޗާތަކުގެ ސަބަބުން އެކްސެލް ދެން ވެސް ވާނީ ރެކެން އުނދަގޫ އެޕްލިކޭޝަނަކަށެވެ.
ރީތި "އައިކަން"އެއް ބޭނުންތަ؟
ސްކައިޕް ބޭނުންކުރާ އަދަދު 40 މިލިއަނަށް
ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓް އެއް އެޕްލިކޭޝަނަކަށް
ވިންޑޯޒް ފޯނު އުފެއްދުން ހުއްޓާލަނީ
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
ވިންޑޯޒް ފޯނުތައް ދޫކޮށްލަން ސެމްސަންގުން ބުނެފި
މައިކްރޮސޮފްޓުން އެންޑޮރޮއިޑަށް އިތުރަށް ފަސޭހަކޮށްދީފި
އެޕަލްގެ އުފެއްދުންތައް މޮޅުކަމުން ވީ ކޮން ފައިދާއެއް؟
މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ ކީއްކުރަން؟
މައިކްރޮސޮފްޓްގެ ފަތްޖެހޭ އާ ފޯނު ޕްރީ-އޯޑަރަށް