މައިކްރޮސޮފްޓުން ދުވަސްތަކެއް ވަންދެން ދެއަތަށްކިރުމަށް ފަހު، ވިންޑޯޒް ފޯނުތައް ހުއްޓާލަން ނިންމައިފި އެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ، އަވަހަށް ދޫކޮށްލައި، އެންޑްރޮއިޑް ނުވަތަ އެޕަލް އައިފޯނެއް ހޯދަން އެދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.
22 ޖެނުއަރީ 2019
މައިކްރޮސޮފްޓުން ދުވަސްތަކެއް ވަންދެން ދެއަތަށްކިރުމަށް ފަހު، ވިންޑޯޒް ފޯނުތައް ހުއްޓާލަން ނިންމައިފި އެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ، އަވަހަށް ދޫކޮށްލައި، އެންޑްރޮއިޑް ނުވަތަ އެޕަލް އައިފޯނެއް ހޯދަން އެދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވިންޑޯޒް ފޯނުތައް ހުއްޓާލަން ޖެހުމުން މައިކްރޮސޮފްޓަށް ތަދުވާނެކަން އެނގެ އެވެ. ނަމަވެސް، ސްމާޓްފޯން މާކެޓްގައި ޝާމިލްވުމަށް އެ މީހުން ކުރި އެއްވެސް ކަމަކުން، ކަރުތާފެނުން އަރައިގަންނަ ގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން، ވިންޑޯޒް ފޯނުތައް ދޫކޮށްލުން ނޫން އެހެން ގޮތެއް އެ މީހުންނަށް ނެތީ އެވެ.
ސްމާޓްފޯން މާކެޓްގައި އައިފޯން، އެންޑްރޮއިޑް އަދި ބްލެކްބެރީ ވައްޓާލަން މައިކްރޮސޮފްޓުން ނިޔަތްގަތެވެ. އެ ކަމަށް ކުރި ޚަރަދުތަކުގެ ތެރޭގައި ނޮކިޔާ ގަތުން ހިމެނެ އެވެ. އެކަމަކު، ވިންޑޯޒް ފޯނުތައް ކޮނޑުއަަޅައިގެން ނިކުމެ ހިނގައިގަނެވޭ ގޮތެއް ނުވި އެވެ.
ވިންޑޯޒް ފޯނުތައް ހިންގަން މައިކްރޮސޮފްޓަށް ދަތިވި މައިގަނޑު ސަބަބަކީ، ވިންޑޯޒް ފޯނުތުގައި ބޭނުންކުރަން އެކަށީގެންވާ ފެންވަރުގެ އެޕްލިކޭޝަން ނުލިބުމެވެ. މާކެޓުގައި ވާދަވެރިންނާ ގާތަށް ވެސް މައިކްރޮސޮފްޓަށް އެޕްލިކޭޝަން އުފެއްދޭ ގޮތެއް ނުވި އެވެ. ވިންޑޯޒް ފޯނުތަކުގެ ޒަމާން ދިއުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބކީ މިއީ ނަމަވެސް، އެޕްލިކޭޝަން އުފެއްދުމަށް އާދަޔާ ޚިލާފު ޕްރޮޖެކްޓެއް ހިންގާކަށް މައިކްރޮސޮފްޓަކަށް ނޭނގުނެވެ.
ވިންޑޯޒް ފޯނުތަކަށް ދިމާވި ހަގީގީ މައްސަލަ އަށް ހައްލެއް ހޯދުމުގެ ބަދަލުގައި މައިކްރޮސޮފްޓުން ވިސްނީ، އެހެން ބަޔަކު ނުކުރާ ކަމެއް ކޮށްގެން ފޯނުތައް ވައިގައި ހިއްޕޭތޯ އެވެ. އެކަމެއް ނުވި އެވެ.
ވިންޑޯޒް ފޯނުތައް ހުއްޓާލުމަށް މައިކްރޮސޮފްޓުން ދީފައިވާ ސުންގަޑި އަކީ ޑިސެމްބަރު 10 2019 އެވެ. އެ އަށް ފަހު ވިންޑޯޒް ފޯނުތަކަށް "ސެކިޔުރިޓީ އަޕްޑޭޓް" ނުފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ވިންޑޯޒް ފޯނުތަކާ ގުޅުން ހުރި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި
ވިންޑޯޒް ފޯނުތަކަށް ސަޕޯޓް ހުއްޓާލައިފި
މައިކްރޮސޮފްޓުން އެންޑޮރޮއިޑަށް އިތުރަށް ފަސޭހަކޮށްދީފި
މިވީ ކިހިނެއް؟ މައިކްރޮސޮފްޓުން އެންޑްރޮއިޑް ޑިވައިސެއް
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
ސްކައިޕް ބޭނުންކުރާ އަދަދު 40 މިލިއަނަށް
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ
މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ
ރީތި "އައިކަން"އެއް ބޭނުންތަ؟
ވީޑިއޯ ގޭމްތަކުން ކުދިންނަށް ކުރަނީ ކޮން އަސަރެއް؟