Roadha Mihaaru
ރީތި "އައިކަން"އެއް ބޭނުންތަ؟

ރީތި "އައިކަން"އެއް ބޭނުންތަ؟

18 ޑިސެމްބަރ 2019

މައިކްރޮސޮފްޓް ވިންޑޯޒް އެޕްލިކޭޝަންތަކަށް ރީތި އައިކަންތަކެއް ޑިޒައިންކުރަން ފެށިފަހުން އަހަރުތަކެއް ފާއިތުވެއްޖެ އެވެ. އަދިވެސް ޑިޒައިންކުރަނީ އެވެ. އޮފީސް ޕެކޭޖްގައި ހިމެނޭ އެޕްލިކޭޝަންތައް ފިޔަވައި، ވިންޑޯޒް ބޭނުންކުރާ މީހުންނަށް ރީތި އައިކަންތަކެއް އަދިވެސް ނުލިބެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް ވިންޑޯޒް އެޕްލިކޭޝަންތަކަށް ރީތި އައިކަންތަކެއް ޑިޒައިންކުރަން ފެށިފަހުން އަހަރުތަކެއް ފާއިތުވެއްޖެ އެވެ. އަދިވެސް ޑިޒައިންކުރަނީ އެވެ. އޮފީސް ޕެކޭޖްގައި ހިމެނޭ އެޕްލިކޭޝަންތައް ފިޔަވައި، ވިންޑޯޒް ބޭނުންކުރާ މީހުންނަށް ރީތި އައިކަންތަކެއް އަދިވެސް ނުލިބެ އެވެ.

މައިކްރޮސޮފްޓަކީ ބިޔަ ކުންފުންޏެކެވެ. އެޕްލިކޭޝަން އުފައްދަނީ ހަމައެކަނި ވިންޑޯޒަކަށް ނޫނެވެ. އެޕަލް މެކްއޯއެސް، އައިއޯސް އަދި އެންޑްރޮއިޑް ފަދަ ވިޔަފާރީގައި ގުޅުން ހުރި އެހެން އޮޕަރޭޓިން ސިސްޓަމްތަކަށް ވެސް އައިކަންތައް އުފައްދަ އެވެ. ސަބަބަކީ ތަފާތު އޮޕަރޭޓިން ސިސްޓަމްތަކުގައި ހިނގާ ގޮތަށް މައިކްރޮސޮފްޓުން އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމެވެ.

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

ވިންޑޯޒް އެޕްލިކޭޝަންތަކަށް އާ އައިކަންތަކެއް ލިބިދާނެ ކަމަށް ބުނި ހިސާބުން، އިންތިޒާރުގައި ތިބި މީހުން އަދިވެސް ތިބީ އެވެ. މި އިންތިޒާރަށް ނިމުމެއް ދެންމެ ދެންމެ އަތުވެދާނެހެން ވެސް މިހާރު އެބަ ހީވެ އެވެ. އާ އައިކަންތައް ޑިޒައިކުރަމުން ދާ ގޮތާ ބެހޭ ލިޔުންތައް، މައިކްރޮސޮފްޓް ބާރުހިނގާ ފޯރަމްތަކުގައި ދަނީ ގިނަވަމުންނެވެ.

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

އެންޑްރޮއިޑް އޮފީސް އެޕްލިކޭޝަންތަކަށް، ދާދި ފަހުން ވަނީ އައިކަން އަޕްޑޭޓެއް ލިބިފަ އެވެ. އަނެއްކޮޅުން، މައިކްރޮސޮފްޓުން ޑިޒައިންކުރަން ވިސްނާފައި ހުރި ގިނަ އައިކަންތައް ނިމިފައި ހުރި ކަމަށް ބެލެވޭއިރު، ވިންޑޯޒް 10، އައިއޯއެސް އަދި ކުންފުނިން ބޭރު އޮޕަރޭޓިން ސިސްޓަމްތަކަށް އައިކަން އަޕްޑޭޓެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ.

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

މައިކްރޮސޮފްޓް އެޕްލިކޭޝަންތަކަށް އާ އައިކަން ޑިޒައިނެއް، ލަސްތަކެއް ނުވެ ތައާރުފުކުރަނީ

ތިޔަ ގެންގުޅޭ ޑިވައިސްގައި މައިކްރޮސޮފްޓް އެޕްލިިކޭޝަންތައް ހުރި ނަމަ އަދި އަވައްޓެރިންނަށް ވުރެ ކުރިން އާ އައިކަން ސެޓެއްް ބޭނުން ނަމަ، މައިކްރޮސޮފްޓް އެޕްލިކޭޝަން އަޕްޑޭޓެއް ލިބޭތޯ ޗެކުކޮށްލާށެވެ. ފަހަރެއްގައި ނެޓްވޯކް މައްސަލައަކާ ހެދި ވެސް އާ އައިކަންތައް މައިކްރޮސޮފްޓް ސާވާގައި ތާށިވެފައި ހުރެދާނެ އެވެ.