ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.
05 މާޗް 2019
ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.
މި ލިސްޓު އެކުލަވާލާފައި ވަނީ ދިވެހި ތާރީހު ދިރާސާކުރާ މީހުންގެ ފޮތްތަކާއި ރަށު ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލީ އޭގައި ހިމެނޭ ތަރިކަތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކަ އެވެ.
އޮންލައިން ފޯމެއް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ހިޔާލު ހުށަހެޅޭނެ އެވެ.
ޖުމްލަ 460 ތަރިކަ އެކުލަވާލާފައިވާ މި ލިސްޓުގައި އެ ތަރިކަ އަށް ކިޔާ ނަމާއި، އެތަނެއް ހުރި އަތޮޅާއި ރަށުގެ އިތުރުން އެއީ ކޮންބާވަތެއްގެ ތަރިކަ އެއްކަމާއި ކުރު ތަފްސީލެއް އެކުލަވާލާފައި ވެ އެވެ. އާސާރީ ތަރިކަ ބަހާލައިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ތަކެތި، އިމާރާތް، ބިނާ، ސަރަހައްދު، ގަސްގަހާގެހި އަދި މީހުން ވަޅުލާފައިވާ ތަންތަން ހިމެނެ އެވެ.
އެ މިނިސްޓްރީން ވަނީ އާސާރީ ތަރިކަތައް ހިމާޔަތްކުރާ ބިލް ނިމިއްޖެ ކަމަށް އިއްޔެ ބުނެފަ އެވެ. މި ބިލުގައި ހިމާޔާތްކޮށްފައިވާ ތަންތަނަށް ގެއްލުންދޭ މީހުންނަށް އަދަބުދެވޭނެ އުސޫލު ހިމެނޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އުތީމުން 500 އަހަރު ކުރީގެ ވަޅެއް ފެނިއްޖެ
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ގައުމީ ފެންވަރުގައި 3 ރަށެއްގައި އީދު ފާހަގަކުރަނީ
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ހުކުރު މިސްކިތް ވަށައިގެން ބޮޑު ކަލްޗަރަލް ޒޯނެއް!