Roadha Mihaaru
ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގޭ ބިލެއް ހުށަހަޅައިފި

ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގޭ ބިލެއް ހުށަހަޅައިފި

05 މާޗް 2019

ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގާނަމަ އެ ޖަމިއްޔާއެއްގެ ނަމުގައި މުދާ މިލްކުކުރުމާއި އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ގާނޫނު ހުއްދަކުރާ ގޮތުގެމަތިން މުދާ މިލްކުކުުރުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނު މިހާރު އޮންނަގޮތުން، ޖަމިއްޔާއެއް ހިންގޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ.

ނިޒާރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން މާލީ އެހީތެރިކަން ދޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށް އެކަނި ކަމަށެވެ.

ސަރުކާރުން މިހާރު ވެސް ޖަމިއްޔާތަކަށް އެހީ ދިނުމަށް ކޮންމެ އަހަރަކު ހުޅުވާލަ އެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ޖަމިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި މުދަލުގެ މިލްކުވެރިކަން ޖަމިއްޔާގެ މެމްބަރުންނަށް ނުލިބޭގޮތަށް އުފައްދާފައިވާ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

ޖަމިއްޔާގެ ބާވަތްތަކުގެ ތެރޭގައި ކުލަބު، ފައުންޑޭޝަނާއި ފެޑަރޭޝަން، އެލަޔަންސް އަދި ނެޓްވޯކް ހިމެނެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން ކުޑަކުދިން އިސްނަގައިގެން ނުވަތަ ކުޑަކުދިން ހިއްސާވާގޮތަށް ކުޑަކުދިންނާ ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ޖަމިއްޔާ ހެދުމުގެ ހުރަހެއް ނެތެވެ.

އެ މަގުސަދުތައް ހާސިލްކުރަން ބާރުތަކަކާއެކު ޖަމިއްޔާގެ ރަޖިސްޓްރާއެއް އައްޔަންކުރަންޖެހޭނެ އެވެ. ރަޖިސްޓްރާ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމުގައި ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ޖަމިއްޔާގެ ރަޖިސްޓްރާގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.

މިހާރު ޖަމިއްޔާތަކުގެ ރަޖިސްޓްރާ ރައީސް ކަނޑައަޅަނީ ހޯމް މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ބޮޑެތި ބާރުތަކަކާއެކު ތައްޔާރުކޮށްފައިވާ ބިލުގައިވާ ގޮތުން، ރަޖިސްޓްރާއެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު މަޖިލީހަށް ރައީސް ނަން ހުށަހަޅުއްވަން ޖެހޭނެ އެވެ.