Roadha Mihaaru
ޖަމިއްޔާތަކާ ބެހޭ ކަންކަން ޔޫތު މިނިސްޓްރީގެ ދަށަށް

ޖަމިއްޔާތަކާ ބެހޭ ކަންކަން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

06 ޖެނުއަރީ 2019

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

ޖަމިއްޔާތަކާ ބެހޭ ކަންކަން ކުރިން ބަލަހައްޓަމުން ދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެގޮތުން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ޖަމިއްޔާތައް ރެގިއުލޭޓް ކުރަމުގެ މަސައްކަތްތައް ކުރަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތަކާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅޭ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

އާ ސަރުކާރު އައުމާ އެކު އާ މިނިސްޓްރީތަކެއް އުފައްދައި، ގިނަ މިނިސްޓްރީތަކެއްގެ މަސައްކަތްތަކަށް ރައީސް ވަނީ ބަދަލު ގެންނަވައިފަ އެވެ.