Roadha Mihaaru
ފަހު ހަމަލާގައި އައިއެސްގެ ހަނގުރާމަވެރިން އަމާން ދެނީ

އެންމެ ފަހު ހަމަލާގައި އައިއެސްގެ ހަނގުރާމަވެރިން އަމާން ދެނީ

05 މާޗް 2019

ދިމިޝްގު (މާޗް 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ކަމަށްވާ ސީރިއާގެ ބާޣޫޒް ހިފުމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިހާރު ފަށާފައިވާ އެންމެ ފަހުގެ ހަމަލާތަކުގައި އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން އަމާން ދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެމެރިކާގެ މަދަދު ލިބޭ އެސްޑީއެފްގެ ތަރުޖަމާން މުސްތަފާ ބާލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީރިއާގެ އިރުމަތީގެ ބާޣޫޒުން ހޯމަ ދުވަހު ނުކުތް 3،000 މީހުންގެ ތެރޭގައި އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހިމެނޭ ކަމަށެވެ. އަދި އެ މީހުން ބޭނުން ވަނީ އަމާން ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބާޣޫޒްގައި މިހާރު ތިބި އާއްމުންނާއި އައިއެސްގެ ހަނގުރާމަވެރިންގެ އަދަދެއް ނޭނގެ އެވެ. މިދިޔަ ފެބްރުއަރީ މަހު 20 ވަނަ ދުވަހުގެ ފަހުން ބާޣޫޒުން ވަނީ 20،000 މީހުން ނުކުމެފަ އެވެ.

މީގެ ފަސް އަހަރު ކުރިން އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތީގެ ހިސާބުތަކުން އައިއެސްގެ ކޮންޓްރޯލުގެ ދަށަށް 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު)ގެ ސަރަހައްދެއް ގެންދިޔަ އެވެ. އެސްޑީއެފް އިން ބުނީ އައެސްގެ ބާރުގެ ދަށުގައި މިހާރު އޮތީ އަކަ ކިލޯ މީޓަރެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ސަރަހައްދެއް ކަމަށެވެ.