Roadha Mihaaru
ސެރީނާ އާއި ވީނަސްގެ ބައްޕަގެ ރޯލަށް ވިލް ސުމިތު؟

ސެެރީނާ އާއި ވީނަސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ރޯލަށް ވިލް ސްމިތު؟

08 މާޗް 2019

މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފައިވާ އިރު، އޭގައި އޭނާގެ ރޯލް ކުޅޭނީ ވިލް ސުމިތު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމުން ފޭނުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފައިވާ އިރު، އޭގައި އޭނާގެ ރޯލް ކުޅޭނީ ވިލް ސުމިތު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމުން ފޭނުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ޑެޑް ލައިނުން ބުނި ގޮތުގައި އުމުރުން 77 އަހަރުގެ ރިޗަޑްގެ ހަޔާތާ ބެހޭ ފިލްމު "ކިންގް ރިޗަޑް" ޕްރޮޑިއުސް ކުރަނީ 2017 ވަނަ އަހަރު ސްޓީވެން ސްޕީލްބާގް ޑައިރެކްޓް ކުރި "ދަ ޕޯސްޓް" ގެ ޕްރޮޑިއުސަރުން ކަމަށްވާ ޓިމް އާއި ޓްރެވާ ވައިޓްގެ ފިލްމު ކުންފުނި ތުރޯވާ އެންޓަޓައިންމަންޓާއި ވިލްގެ އޯވަބުކް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޒެކް ބޭލިން އެވެ. "ކިންގް ރިޗަޑް" ވަނީ މިދިޔަ އަހަރުގެ އެންމެ ވަރުގަދަ ސްކްރިޕްޓްތަކުގެ ބްލެކް ލިސްޓްގައި ވެސް ހިމެނިފަ އެވެ.

"ކިންގް ރިޗަޑް" ގައި ރިޗަޑްގެ ރޯލް ކުޅޭނީ ވިލް ކަމަށް ބުނުމުން ބައެއް މީހުން ޓްވިޓާގައި ބުނީ އެ ރޯލަށް އޭނާ ފިޓް ނުވާނެ ކަމަށެވެ. ސަބަބަކީ ރިޗަޑްއަކީ ވަރަށް ކަޅު މީހަކަށްވެފައި، ވިލްގެ ކުލަ އަސްލި ކަޅު މީހެކޭ ބުނާ ވަރަށް ވުރެ އަލިވުމެވެ. އެހެންވެ އެ ފިލްމަކީ ފުރިހަމަ ފިލްމަކަށް ހަދަން ބޭނުން ނަމަ ވިލް ނޫން މީހަކު ފލްމަށް ނަގަން ޖެހޭ ކަމަށް ބުންޏެވެ.

ޓްވިޓާގައި މިކަމާ ގުޅޭ ގޮތުން މިހާރު ބަހުސް ކުރެވެމުންދާ އިރު، އެއް ބަޔަކު ބުނެފައިވާ ގޮތުގައި ރިޗަޑްގެ ރޯލަށް އެންމެ ފައްކާވާނެ އެކަކީ މި އަހަރު އޮސްކާގެ ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދި މެހެރްޝާލާ އަލީ އެވެ.

ނަމަވެސް ހަމުގެ ކުލައިގައި މައްސަލާގައި ބަޔަކު ބަހުސް ކުރާތީ، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއް މީހުން ވަނީ މިކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

ވެރައިޓީން ބުނި ގޮތުގައި ރިޗަޑްގެ ރޯލުން، ވިލް ސުމިތު ފެންނާނެކަން އަދި މުޅިން ކަށަވަރެއް ނޫނެވެ. އަދި "ކިންގް ރިޗަޑް" ޑައިރެކްޓް ކުރާނެ މީހަކު ވެސް އިއުލާނެއް ނުކުރެ އެވެ.

ޓެނިހުގެ އެއްވެސް ތަޖުރިބާއެއް ނެތި ދެ އަންހެން ދަރިންނަށް ޓެނިހުގެ ތަމްރީނު ދީގެން އެ މީހުންގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ރިޗަޑަކީ ކުޅިވަރުގެ މައިދާނުގައި ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ޝަހުސިއްޔަތެކެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ތަރިންގެ ތެރޭގައި ހިމެނޭ ސެރީނާ އާއި ވީނިއަސްއަކީ އެ ކުޅިވަރުން ފާހަގަކޮށްލެވޭ ބޮޑެތި އެތައް ކާމިޔާބީއެއް ހޯދާފައިވާ ދެ ތަރިންނެވެެ.