08 މާޗް 2019
ދަ ހޭގް (މާޗް 8) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުންތަކެއް ހުށަހަޅައިފި އެވެ.
ދަ ހޭގް (މާޗް 8) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުންތަކެއް ހުށަހަޅައިފި އެވެ.
ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އަސަދާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޖޯޑަންގައި ދިރިއުޅޭ ސީރިއާގެ 28 ރެފިއުޖީއެއްގެ ފަރާތުންނެވެ. ދައުވާގައި ބުނެފައި އަސަދުގެ ސަރުކާރުން އެ މީހުން ވަނީ ގައުމުން ބޭރުކޮށްލައިފައި ކަމަށެވެ.
ގާނޫނީ ޓީމުތަކުން ދަނީ ސީރިއާގައި 2011 ވަނަ އަހަރު މަދަނީ ހަނގުރާމަ ފެށި ފަހުން އަސަދު ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުގީގު ކުރުމަށް އައިސީސީ އަށް ގޮވާލަމުންނެވެ. ސީރިއާގެ މަދަނީ ހަނގުރާމައިގައި ވަނީ 360،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފަ އެވެ.
ސީރިއާ އަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ. އެހެން ކަމުން ސީރިއާ ސަރުކާރާ ދެކޮޅު މައްސަލައެއް އައިސީސީން ބެލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ވަކީލުން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ ރެފިއުޖީންނާ ގުޅޭ ގޮތުން އައިސީސީން ނިންމި އިޖުރާއަތުގެ ދަށުން އަސަދުގެ މައްސަލަ އެ ކޯޓަށް ވައްދައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އައިސީސީގެ ވަކީލުން ނިންމާފައި ވަނީ މިއަންމާ އަކީ އައިސީސީގެ މެންބަރު ގައުމެއް ނޫން ނަމަވެސް ރޮހިންޖާ މީހުންނަށް އަނިޔާ ލިބެމުންދަނީ ބަންގްލަދޭޝްގެ ސަރަހައްދުގައި ކަމަށްވާތީ މައްސަލަ ބެލޭނެ ކަމަށެވެ. ބަންގްލަދޭޝް އަކީ އައިސީސީގެ މެންބަރެކެވެ.
އަސަދާއި ސީރިއާ ސަރުކާރާ ދެކޮޅަށް މީގެ ކުރިން ހުށަހެޅި މައްސަލަތައް ނުބެލި ވަނީ ވެސް ސީރިއާ އަކީ އައިސީސީގެ މެންބަރަކަށް ނުވާތީ އެވެ.
13 އަހަރަށް ފަހު ބައްޝާރު ސައުދީ އަށް ވަޑައިގެންފި
11 އަހަރަށް ފަހު ސީރިޔާ އަރަބި ލީގަށް
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި
އެމިރޭޓްސްގެ ހާރިޖީ ވަޒީރު ބައްޝާރު އަރިހަށް
އަހަރުތަކަށް ފަހު ސީރިޔާ އާއި ސައޫދީ އެއްގަލަކަށް
ސީރިޔާގެ ރިއާސީ އިންތިހާބާ މެދު ސުވާލެއް ނެތް
ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަންކުރަމުން: އަސަދު
އަސަދަކީ އަރަބި ދުނިޔޭގެ ބަތަލެއް: ޚާމަނާއީ
އަސަދު އަވަހާރަކޮށްލަން އުޅުނު ވާހަކަ ޓްރަމްޕް ދޮގުކޮށްފި
ކެމިކަލް ހަމަލާ އަށް ފަހު ޓްރަމްޕް ބޭނުންވީ އަސަދު އަވަހާރަކޮށްލަން