26 މެއި 2021
މިއަދު ސީރިޔާގައި ބާއްވާ ރިއާސީ އިންތިހާބުގެ ވޯޓުލުން މުޅިން ނުނިމުނަސް، ކަށަވަރުވާ އެންމެ މުހިންމު ކަމަކީ، މިއަދުގެ އިންތިހާބުގައިވެސް މިހާރުގެ ރައީސް ބައްޝަރުލް އަސަދު ބޮޑު ތަފާތަކުން، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމެވެ.
މިއަދު ސީރިޔާގައި ބާއްވާ ރިއާސީ އިންތިހާބުގެ ވޯޓުލުން މުޅިން ނުނިމުނަސް، ކަށަވަރުވާ އެންމެ މުހިންމު ކަމަކީ، މިއަދުގެ އިންތިހާބުގައިވެސް މިހާރުގެ ރައީސް ބައްޝަރުލް އަސަދު ބޮޑު ތަފާތަކުން، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމެވެ.
މިއަދުގެ އިންތިހާބުގައި ރައީސް ބައްޝާރާ ވާދަކުރެއްވުމަށް، 51 މީހަކު ރަޖިސްޓްރީ ކުރި އެވެ. ނަމަވެސް ސީރިޔާގެ އެންމެ މަތީ ދުސްތޫރީ ކޯޓުން ކަނޑައެޅި ގޮތުގައި، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ލިބިގެން ވަނީ، އޭގެ ތެރެއިން އެންމެ ތިން ބޭފުޅަކަށެވެ. އެއީ މިހާރުގެ ރައީސް ބައްޝާރުލް އަސަދާއި ކުރީގެ ނައިބު މިނިސްޓަރެއް ކަމަށްވާ އަބްދުﷲ ސައްލޫމް އަބްދުﷲ އާއި އިދިކޮޅު ޕާޓީއެއް ކަމަށް ސަރުކާރުން ބަލައިގެންފައިވާ ކުޑަކުޑަ ސިޔާސީ ޕާޓީއެއްގެ ލީޑަރު މަހްމޫދު އަހްމަދު މަރާއީ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން، ބައްޝާރަށް ތާއީދުކުރާ މީހުން ސީރިޔާގެ މަގުތަކަށް ނުކުމެ، ބައްޝާރަށް ތާއީދުކުރާކަން އަންނަނީ ހާމަކުރަމުންނެވެ. ބައްޝާރު ވެރިކަމާ ހަވާލުވެވަޑައިގަތީ، 2000 ވަނަ އަހަރު އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް ހާފިޒުލް އަސަދު އަވަހާރަވުމާ ގުޅިގެންނެވެ.
ބޭރު ގައުމުތަކުގައި ދިރިއުޅޭ ސީރިޔާ ރައްޔިތުން، މިމަހުގެ 20 ވަނަ ދުވަހު ވަނީ، އެ ގައުމުތަކުގައި ހުންނަ ސީރިޔާ އެމްބަސީގައި ވޯޓު ލައިފަ އެވެ. ސީރިޔާގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، އުމުރުން އަށް އަހަރުވެފައިވާ، ސީރިޔާގެ ކޮންމެ ރައްޔިތަކަށް ވެސް ރިއާސީ އިންތިހާބުގައި ވޯޓު ލެވޭނެ އެވެ.
ސީރިޔާގެ ރިއާސީ އިންތިހާބުގައި އެކަކަށް ވުރެ ގިނަ މީހުންނަށް ވާދަކުރެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސް އިންތިހާބު ބޭއްވިޔަސް، މިއިންތިހާބަކީ އިންސާފުވެރިކަމެއް އަދި މިނިވަންކަމެއް ނެތް އިންތިހާބެއް ކަމަށް، ހުޅަނގުގެ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.
އދ. އިން ސީރިޔާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު، ޖެނިފާ ފެންޓަން ވިދާޅުވި ގޮތުގައި މިއަދު ބާއްވާ އިންތިހާބުގައި އދ.ގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އަދި އދ. އިން އެއްވެސް ދައުރެއް އަދައެއް ނުކުރެ އެވެ. މިއަދުގެ އިންތިހާބަކީ، ބައްޝާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެކަކަށް ވުރެ ގިނަ މީހުންނަށް ވާދަކުރެވޭ ގޮތަށް ބާއްވާ ދެ ވަނަ އިންތިހާބެވެ. ފުރަތަމަ އިންތިހާބު ބޭއްވީ 2014 ވަނަ އަހަރު އެވެ. އެ އިންތިހާބުގައި ދެ ކެންޑިޑޭޓަކާ ވާދަކުރައްވައި، ބައްޝާރު ކާމިޔާބު ހޯއްދެވީ 89 ޕަސެންޓްގެ އަގުލަބިއްޔަތަކުންނެވެ. ބައިނަލްއަގްވާމީ މުޖްތަމައުން އެ އިންތިހާބުގެ ނަތީޖާ ބަލައެއް ނުގަނެ އެވެ.
13 އަހަރަށް ފަހު ބައްޝާރު ސައުދީ އަށް ވަޑައިގެންފި
11 އަހަރަށް ފަހު ސީރިޔާ އަރަބި ލީގަށް
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި
އެމިރޭޓްސްގެ ހާރިޖީ ވަޒީރު ބައްޝާރު އަރިހަށް
އަހަރުތަކަށް ފަހު ސީރިޔާ އާއި ސައޫދީ އެއްގަލަކަށް
ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަންކުރަމުން: އަސަދު
އަސަދާ ދެކޮޅަށް އައިސީސީ އަށް މައްސަލަ ހުށަހަޅައިފި
އަސަދަކީ އަރަބި ދުނިޔޭގެ ބަތަލެއް: ޚާމަނާއީ
އަސަދު އަވަހާރަކޮށްލަން އުޅުނު ވާހަކަ ޓްރަމްޕް ދޮގުކޮށްފި
ކެމިކަލް ހަމަލާ އަށް ފަހު ޓްރަމްޕް ބޭނުންވީ އަސަދު އަވަހާރަކޮށްލަން