10 މާޗް 2019
މާލޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން މިއަދު ހެނދުނު ހިނގާފައި ދިޔަ އިންޑިއާގެ މީހަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.
މާލޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން މިއަދު ހެނދުނު ހިނގާފައި ދިޔަ އިންޑިއާގެ މީހަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.
މިއީ ސިނަމާލެ ބްރިޖާއި ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި ސައިކަލްގައި ދާއިރު، ހެލްމެޓް އަޅަން މަޖުބޫރުކުރި ފަހުން، މީހަކަށް ހަމަލަދީ ފޭރިގަތް ފުރަތަމަ ހާދިސާ އެވެ. ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރުކުރީ މިއަދުން ފެށިގެންނެވެ.
ފުލުހުން ބުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު އިންޑިއާގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތައް ފޭރިގަތް މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާގައި ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާގައި ފޭރިގަތީ ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދިއެއް ނުބުނެ އެވެ. ހަމަލާގެ ރިޕޯޓް ލިބުމުން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަތަރު މީހުން ވެސް ވަނީ ފިލައިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މާލެ އާއި ހުޅުމާލޭގައި ފައިސާ ފޭރިގަތުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގަފަ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި ފައިސާގެ ބޮޑެތި އަދަދުތައް ފޭރިގެންފައި ވެ އެވެ. އެގޮތުން މިދިޔަ މަހުގެ 19 ގައި ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެކަކު އަތުން ފޭރިގެންފައި ވެ އެވެ.
2.3 މިލިއަން ފޭރުނު މައްސަލައިގެ ދެ މީހަކު ދޫކޮށްފި
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި
ފޭރުނީކީ ނޫން، ހެދީ ދޮގު! ފައިސާ ހުރީ ގޭގައި!
ހުޅުމާލޭގައި ބޮޑު ފޭރުމެއް
ބައި ލައްކަ ރުފިޔާ ފޭރިގެން ދަނިކޮށް އަތުލައިގެންފި
2.3 މިލިއަން ނުފެނޭ، ހަ މީހަކު ހައްޔަރުކޮށްފައި
ފިހާރަ ފަޅާލައިގެން ނެގި ތަކެތީގެ އަގު ލައްކައަކަށް
ފިހާރަ ފަޅާލައި، މުދާތައް ގެންދިޔަ މީހާ ހައްޔަރުކޮށްފި
ފިހާރަ ފަޅާލައި މުދާތައް ގެންދިއީ އެންމެންގެ ކުރިމަތީ
އޮޅުވާލައިގެން ގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށްފި