Roadha Mihaaru
ބޮލުގައި ތެއްޔެއް އަޅައިގެން ދަނިކޮށް ހުއްޓުވައިފި

ހެލްމެޓްގެ ބަދަލުގައި ބޮލުގައި ތެއްޔެއް އަޅައިގެން ބްރިޖުން ދަތުރުކުރި މީހަކު ހުއްޓުވައިފި

10 މާޗް 2019

ހެލްމެޓްގެ ބަދަލުގައި، ކައްކަން ބޭނުންކުރާ ތެއްޔެއް ބޮލުގައި އަޅައިގެން ސިނަމާލެ ބްރިޖް މަތިން ސައިކަލް ގައި މިއަދު ދިޔަ މީހަކު ހުއްޓުވައި ފުލުހުން އޭނާ އަށް ނަސޭހަތް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެލްމެޓްގެ ބަދަލުގައި، ކައްކަން ބޭނުންކުރާ ތެއްޔެއް ބޮލުގައި އަޅައިގެން ސިނަމާލެ ބްރިޖް މަތިން ސައިކަލް ގައި މިއަދު ދިޔަ މީހަކު ހުއްޓުވައި ފުލުހުން އޭނާ އަށް ނަސޭހަތް ދީފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ތެއްޔެއް ބޮލުގައި އަޅައިގެން ދިޔައީ ސައިކަލެއްގެ ފަހަތުގައި އިން މީހެއް ކަމަށެވެ. އެ މީހާ ސައިކަލުގައި ބްރިޖުމަތިން ދާ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ފުލުހުން ބުނީ އޭނާ ދަތުރުކުރި ސައިކަލު ހުއްޓުވައި ނަސޭހަތް ދީފައިވާ ކަމަށެވެ.

ސައިކަލު ދުއްވަން އިން މީހާ އިނީ ހެލްމެޓް އަޅައިގެން ކަމަށް ވިޔަސް، އޭނާގެ އަތުގައި ލައިސަންސް ނެތުމާއި ސައިކަލުގައި ރޯޑް ވާދިނަސް ނުހަދާ ހުރުމުން، ސައިކަލު ދުއްވި މީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިނަމާލެ ބްރިޖްގެ އިތުރުން ހުޅުލެ އާއި ހުޅުމާލެ އަދި ބްރިޖު ގުޅުވައިދޭ ހައިވޭގައި ސައިކަލުގައި ދަތުރު ކުރާއިރު މިއަދުން ފެށިގެން ހެލްމެޓް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. ހެލްމެޓް ނާޅައި، ބްރިޖާއި ހައިވޭ އިން ދަތުރު ކުރާ މީހުން ފުލުހުން ދަނީ ހުއްޓުވަމުންނެވެ.

ސިނަމާލެ ބްރިޖާއި ހައިވޭ ގައި ސައިކަލް ދުއްވާއިރު، ހެލްމެޓު އަޅަން މަޖުބޫރުކުރި ފުރަތަމަ ދުވަހު ވެސް މާލޭގައި ހަތަރު މީހަކު ވަނީ ހެލްމެޓު އަޅައިގެން ތިބެ މީހެއްގެ އަތުން 2.3 މިލިއަން ރުފިޔާ ފޭރިގެންފަ އެވެ. އެ އަމަލު ހިންގި ހަތަރު މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ފައިސާތައް އަތުލައިގަނެވުނު ކަމެއް އަދި ނޭނގެ އެވެ.