Roadha Mihaaru
ސައިކަލު ޓޯކުރުމުން ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިފި

ސައިކަލު ހިފެހެއްޓުމުން ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިފި

09 ސެޕްޓެމްބަރ 2024

ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ސައިކަލު ޓޯ ކުރުމުން، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓު ތަޅާލި މީހަކު ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ސައިކަލު ޓޯ ކުރުމުން، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓު ތަޅާލި މީހަކު ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރު ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރޭ ފަތިހު 04:15 ހާއިރު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓު ތަޅާލި މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައަކާ ގުޅިގެން އޭނާގެ ސައިކަލު ފުލުހުން ޓޯކުރުމަށްފަހު ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށެވެ. އަދި ލައިޓު ތަޅާލި މައްސަލާގައި އޭނާގެ ހަށިގަނޑު ފާސްކުރުމުން އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒައިދާން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.