Roadha Mihaaru
ފްލެޓު ލިބުނީ ހައްގު ބަޔަކަށް، ނުފޫޒަކުންނޫން: ޔަޒީދު

ފްލެޓު ލިބުނީ ހައްގު ބަޔަކަށް، ނުފޫޒެއް ނުފޯރުވަން: ޔަޒީދު

11 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލީ މީހުންނަށް ފްލެޓް ލިބުނީ ނުފޫޒު ފޯރުވައިގެން ނޫން ކަމަށާއި އެއީ ފްލެޓަށް ހައްގު ބައެއް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލީ މީހުންނަށް ފްލެޓް ލިބުނީ ނުފޫޒު ފޯރުވައިގެން ނޫން ކަމަށާއި އެއީ ފްލެޓަށް ހައްގު ބައެއް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ޔަޒީދުގެ އާއިލާގެ 10 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ޔަޒްމީދު މުހައްމަދު ވެސް ހިމެނެ އެވެ. ގުޅީ ފަޅުން ފްލެޓް ލިބިވަޑައިގެންނެވި ޔަޒްމީދަކީ، ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ޔަޒްމީދަށް ގުޅީ ފަޅުން ފްލެޓު ލިބިވަޑައިގެންނެވި އިރު، އޭނާގެ އެޕާޓްމަންޓެއް އަމީން އެވެނިއުގައި ހުރެ އެވެ. ޔަޒްމީދުގެ އިތުރުން އޭނާގެ އަނބިކަނބަލުން ނަމްޝާ ނާސިރަށް ހިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓުތަކުގެ ތެރެއިން ފްލެޓެއް ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

"އާއިލާ އަށް ފްލެޓު ހައްގުވިޔަސް، އެއީ ޔަޒީދުގެ އާއިލީ ގޮތުން ގުޅޭ ބަޔަކަށްވާތީ އެމީހަކީ ބޯހިޔާވަހިކަމުގެ ހައްގާއި ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭ ބަޔަކަށް ހަމަ ނުވަނީތޯ؟ މިއީ ކޮންކަހަލަ އިންސާފެއްތޯ؟،" --- ޔަޒީދު

ޔަޒީދު ވިދާޅުވީ އޭނާގެ ނުފޫޒު ބޭނުންކުރައްވައިގެން ފްލެޓު ހޯދައި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. އެހެންވެ، ކަމުގެ ހަގީގަތް ނޭނގި ދޮގު މައުލޫމާތު ނުފަތުރަން އޭނާ އެދިވަޑައިގަތެވެ.

"އާއިލާ އަށް ފްލެޓު ހައްގު ވިޔަސް، އެއީ ޔަޒީދުގެ އާއިލީ ގޮތުން ގުޅޭ ބަޔަކަށް ވާތީ އެ މީހަކީ ބޯހިޔާވަހި ކަމުގެ ހައްގާއި ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭ ބަޔަކަށް ހަމަ ނުވަނީތޯ؟ މިއީ ކޮންކަހަލަ އިންސާފެއްތޯ؟،" ފްލެޓު ލިބުނު އާއިލާގެ މެމްބަރުން ދިފާއު ކުރައްވައި ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދުގެ އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފްލެޓު ލިބުނީ ގއ. ވިލިނގިލި ވައިޖެހޭގޭގައި ރަޖިސްޓަރީކޮށްފައި ތިބި މީހުންނަށެވެ. ޔަޒީދު ވިދާޅުވި ގޮތުގައި އެ ގޭގައި 37 މީހަކު ރަޖިސްޓަރީކޮށްފައިވާ އިރު، އެ ހުރިހާ އެންމެން އެއް ގެއެއްގައި ރަޖިސްޓަރީގައި ތިބުމުން އެނގެނީ މި ހުރިހާ ދުވަހު އަމިއްލަ ނަމުގައި ބޯހިޔާވަހިކަމެއް ނެތި މާލޭގައި ކުއްޔަށް އުޅެމުންދާ ކަމެވެ.

"އާއިލާގައި 200 އަށް ވުރެ ގިނަ މީހުން ތިބޭ އިރު، މި ފަހަރުގެ ލިސްޓްގައި އެކިއެކި ކެޓަގަރީތަކުން އެ ގެއަށް ނިސްބަތްވާ މީހުން ހިމެނިފައިވުމުން އެނގެނީ މި މީހުންނަށް މި ހުރިހާ ދުވަހު ފްލެޓު ހައްގުވެ، ފްލެޓު ނުލިބިފައިވާ ކަން،" ސޯޝަލް މީޑިއާގައި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދު ވިދާޅުވީ އެއްވެސް ގޮތަކަށް ނުފޫޒެއް ބޭނުން ކުރައްވައިގެން ފްލެޓު ހޯދަން އޭނާ މަސައްކަތް ކުރެއްވި ނަމަ، އާއިލާގެ މެމްބަރުން ލިސްޓްގައި ނުތިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ތިބޭނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ދޫކުރި ފްލެޓުތަކުގައި ވަޒަންވެރިވެފައި ކަމަށް ޔަޒީދު ވިދާޅުވި އެވެ.

އޭނާގެ އާއިލާގެ މީހުންގެ ތެރެއިން ދެން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އޭނާގެ އެއްބަނޑުއެއްބަފާ ދެ ދައްތަ އިން ކަމަށްވާ ޔަޒީދާ މުހައްމަދާއި ޝަޒިއްޔާ މުހައްމަދު ހިމެނެ އެވެ. އަދި ޔަޒީދުގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ޔަޒްނާ މުހައްމަދަށާއި މަޒީދު މުހައްމަދަށް ވެސް ވަނީ ފްލެޓު ލިބިފަ އެވެ. ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއިންނާއި ދައްތައިންގެ އިތުރުން އާއިލާގެ އިތުރު ބަޔަކަށް ވެސް ފްލެޓު ލިބިފައި ވެ އެވެ.

ބައެއް މިސާލުތައް ދައްކަވައި ޔަޒީދު ވިދާޅުވީ އޭނާގެ ކޮއްކޮ ޔަޒްމީދު، މާލޭގައި ކުއްޔަށް ދިރިއުޅުއްވާތާ 19 އަހަރު ވެފައިވާ ކަމަށެވެ. އަދި ވަޒީފާގައި އުޅުއްވާތާ 17 އަހަރުވެ، ދެ ކުދިން ވެސް ހުންނަ ޔަޒްމީދުގެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.

"ހަގީގަތަކީ ލިސްޓްގައި ތިބި މީހުންނަކީ މާލޭގައި ދިރިއުޅޭތާ 10-37 އަހަރު ވެފައި ތިބި މީހުން. އެ މީހުން ދިރިއުޅެނީ އާއިލާއާ އެކީގައި ދަރިން ވެސް ތިބޭ،" ޔަޒީދު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ފްލެޓް ހޯދި ގިނަ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ޔާމީންގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ފްލެޓު ލިބުނު މީހުންގެ މައުލޫމާތު ހާމަކުރީ، ފްލެޓް ދިން ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދި ކޮމިޓީންނެވެ.

ޔަޒީދުގެ އާއިލާގެ ބަޔަކަށް ފްލެޓު ލިބުނު އިރު، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ އާއިލީ ގުޅުމެއް އޮތް 37 މީހަކަށް ފްލެޓު ވަނީ ލިބިފަ އެވެ. އެކަމަކު، ޚަލީލް ވިދާޅުވީ އާއިލާގެ ބަޔަކަށް ފްލެޓު ލިބުނީ އޭނާގެ ނުފޫޒު ބޭނުން ކުރައްވައިގެން ނޫން ކަމަށެވެ.