11 މާޗް 2019
ރައީސް އަބްދުﷲ ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެ އިން ނުހެދޭތީ ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެ އިން ނުހެދޭތީ ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރީ ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ. އެކަމަކު، އެ ތުހުމަތުތަކަށް ޔާމީން ވަނީ ޝަރީއަތުގެ މަޖިލިހުގައި އިންކާރު ކުރައްވައިފަ އެވެ.
ޔާމީން ޖަލަށް ލި ފަހުން، މުޅިން ވެސް ފަރުވާ ހޯއްދަވަމުން ގެންދަވަނީ އައިޖީއެމްއެޗްގަ އެވެ. އަދި އެމަނިކުފާނު އެޑްމިޓްކޮށްފައިވާ އިރު، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗަށް ގެނެސްފައިވެ އެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި ޔާމީން ފަރުވާ ހޯއްދަވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގަ އެވެ.
ޕީޕީއެމް/ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ހަފްތާއެއް ވީ އިރު، ޔާމީންގެ ބައެއް ޓެސްްޓްތަކަކީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ކަން ފާހަގަކޮށް ޑޮކްޓަރުގެ ލިޔުން ލިބިފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ ވެހިކަލަކަށް އަރައިވަޑައިގަންނަވަނީ. އެމަނިކުފާނު މިހާރު އޮންނެވީ އެޑްމިޓްކޮށްފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުންނާއި އެމަނިކުފާނު ސިއްހީ ހާލާ މެދު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށާއި މިނިވަން މުއައްސަސާތަކަށް ހުށަހެޅިޔަސް، މިހާތަނަށް އައިިއިރު، އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިނގަން ޖެހޭ ހުރިހާ މަގަކުން ހިނގައިފިން. ރައީސްއާ ބައްދަލުކުރިން. ހޯމް މިނިސްޓަރާ ބައްދަލުކުރެވޭތޯ މަސައްކަތްކޮށްފިން. ކަރެކްޝަންސްގެ ވެރިމީހާ އާ ބައްދަލުކުރެވޭތޯ މަސައްކަތްކޮށްފިން. ފޯނަކަށް ޖަވާބެއް ނުދެއްވާ. އެޗްއާރުސީއެމާ ބައްދަލުކޮށްފިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ބަލިވެއްޖެނަމަ، އެކަށީގެންވާ ބޭސްފަރުވާއެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެ، އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނެވެ. މިއަދު އެ ބޭފުޅުން ތިބީ ކޮންތަނެއްގައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އަބްދުއްރަހީމް ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވަން ކުރި އެންމެ މުހިންމު އެއް ކަމަކީ ޔާމީން ހައްޔަރު ކުރުން ކަމަށް ވިދާޅުވި އެވެ.
"ޔާމީން ސަލާމަތުން ހުރެގެން އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރީމަ، މިއަދުގެ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ނުލިބޭނެކަން އެނގޭތީ ކުރާ ކަމެއް މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން ލިބެން ޖެހޭ ފައިސާ ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވުމަކީ އަނިޔާވެރިވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޔާމީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.
މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
ޔާމީނަށް ދިން ލުއިތައް އުވާލާނެ ކަމުގެ އިންޒާރު!
ޔާމީން ގާނޫނާ ހިލާފުވަނީ، ކަރެކްޝަނުން މޮނިޓަކުރަނީ
ޔާމީން ގެއަށް، ސަޕޯޓަރުން އުފަލުން
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
އެއްވުމުގައި ޔާމީން ބައިވެރިވުމުން ފިޔަވަޅު އަޅަނީ
ކޮވިޑް ފެތުރޭތީ ޔާމީން ގެއަށް ބަދަލުކުރަން ގޮވާލައިފި
ޓެސްޓުތައް ހަދަން ޔާމީން އަދިވެސް އެޑްމިޓްކޮށްފައި
ޕީޖީ އާއި އެކްޓިން ސީޕީ މަޖިލީހަށް ހާޒިރުކުރަނީ
ޔާމީންގެ ސަޕޯޓަރުން ކޮންޓްރޯލްކުރަން ޕެޕަ ސްޕްރޭޖަހައިފި