Roadha Mihaaru
ގިޔާސުއްދީނުން ރަންވަނަ ހޯދި ދަރިވަރުންނަށް އެވޯޑުތަކެއް

ގިޔާސުއްދީން ސްކޫލުން ރަންވަނަ ހޯދި ދަރިވަރުންނަށް އެވޯޑުތަކެއް

29 އޯގަސްޓް 2016

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި 554 ދަރިވަރުންނަށް ރޭ އެވޯޯޑު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި 554 ދަރިވަރުންނަށް ރޭ އެވޯޯޑު ދީފި އެވެ.

މި އިނާމުތައް ދީފައި ވަނީ ޕްރައިމަރީ ސްކޫލާއި ސެކަންޑްރީ ސްކޫލު ވަކިވަކިންނެވެ. އެ ސްކޫލުގެ ހޯލުގައި އޮތް ރަސްމިއްޔާތުގައި ސީނިއާ ގްރޭޑުގެ 279 ދަރިވަރުންނަށް އެވޯޑު ދީފައިވާއިރު މިދިޔަ ހުކުރު ދުވަހު އިނާމު ދީފައިވަނީ ޖޫނިއާ ގްރޭޑުގެ 275 ދަރިވަރުންނަށެވެ.

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ކާމިޔާބު ހޯދި ދަރިވަރަކަށް، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އިރުފާން މުހައްމަދު

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ކާމިޔާބު ހޯދި ދަރިވަރަކަށް، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އިރުފާން މުހައްމަދު

އެ ސްކޫލުން އެވޯޑު ދޭއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެއް ނުހޮވަ އެވެ. ނަމަވެސް އިތުރު ހަރަކާތްތަކުން ރަނގަޅު ނަތީޖާއެއް ހޯދާ ދަރިވަރުންނަށް "އެކްޓިވިޓީ ކަލާސް" އަދި ތައުލީމީ ހަރަކާތްތަކުން، ވަކި ޕަސެންޓަކުން މަތިން ހޯދާ ދަރިވަރުންނަށް "އެކަޑެމިކް ކަލާސް" އެވޯޑު ދީފައި ވެ އެވެ. އަދި އެވޯޑު އޮފް އިންސްޕިރޭޝަންގެ ނަމުގައި ވެސް ކާމިޔާބު ހޯދާފައިވާ ދަރިވަރުންނަށް އެވޯޑު ދީފައި ވެ އެވެ.

"އަޅުގަނޑުމެން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކޮމްޕެއާއެއް ނުކުރާނެ. އެ ކުއްޖެއްގެ ހުރި ގާބިލްކަމަކުން ހޯދާ ކާމިޔާބީއަކުން އެކަން ބަލައިގަނެ އެވޯޑު ދެމުން ދާނީ،" ސީނިއާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމީމާ އަބްދުލް ގަފޫރު ވިދާޅުވި އެވެ.

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ކާމިޔާބު ހޯދި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އިރުފާން މުހައްމަދު

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު ކާމިޔާބު ހޯދި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އިރުފާން މުހައްމަދު

ގިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ހެދި 23 ދަރިވަރުންގެ ތެރެއިން 10 ދަރިވަރުން ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ފަސް ދަރިވަރުން ހަ މާއްދާއިން ހައި އެޗީވާސް އެވޯޑު ހޯދާފައިވެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރި ފަހުން ގިޔާސުއްދީން ސްކޫލުން އަންނަނީ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބުތައް ހާސިލްކުރަމުންނެވެ. އެގޮތުން 850 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުން ވަނީ ތަފާތު އެކި މުބާރަތްތައް ހިމެނޭ ވޯލްޑް ސްކޮލާގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ.