ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަލަށް ގެންނަ ބިދޭސީންނަށް ދޫކުރާ ހުއްދަ ނުވަތަ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހެޅުމުން، ދެ ދުވަހުގެ ތެރޭގައި އެ ހުއްދަ ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
17 މާޗް 2019
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަލަށް ގެންނަ ބިދޭސީންނަށް ދޫކުރާ ހުއްދަ ނުވަތަ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހެޅުމުން، ދެ ދުވަހުގެ ތެރޭގައި އެ ހުއްދަ ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
މީގެ ކުރިން މި ހުއްދަ ދެނީ ދެ ހަފުތާގެ ތެރޭގަ އެވެ. އެކަމަކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަވާނަމަ، ދެ ދުވަސް ތެރޭގައި ހުއްދަ ދޫކުރުމަށް މިއަދު ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ތަނުން ބުނީ ލިޔެކިޔުންތައް ފުރިހަމަ ނުވި ނަމަވެސް، އެކަން ދެ ދުވަސްތެރޭގައި އެ ފަރާތަކަށް އަންގާނެ ކަމަށެވެ.
"މި ބަދަލު ގެނައީ އިމިގްރޭޝަނުން ދޭ ހިދުމަތްތައް ރައްޔިތުން ގަބޫލު ކުރާ ފެންވަރަކަށް ގެނައުމާއި ކަމާ ގުޅުން ހުރި މަސައްކަތް ކުރާ މީހުންނަށް ލުއި ފަސޭހަކޮށްދިނުމަށެވެ." އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
އެތަނުން ވަނީ، ހުއްދައަށް އެދި ހުށަހަޅާއިރު ހުރިހާ ލިޔެކިޔުންތައް ހަމައަށް ގެނައުމަށް އިލްތިމާސް ކޮށްފަ އެވެ.
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
"ވޯކްވިސާ ގަވައިދު އިސްލާހު ގެޒެޓްކުރެވުނީ އޮޅުމަކުން"
ބިދޭސީންނަށް ވަޒީފާގެ ހުއްދަދޭނީ އިކޮނޮމިކް މިނިސްޓްރީން
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް
ކްލިނިކްތަކުގެ މެޑިކަލް ރިޕޯޓް ދެން ގަބޫލެއް ނުކުރާނެ
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ފީތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލު
އެއް އަހަރުން 60،000 އަށްވުރެ ގިނަ ވޯކްޕާމިޓް ކެންސަލް
ބިދޭސީންގެ ފީ އާއި ޖޫރިމަނާ ދައްކަން އިތުރު ފުރުސަތެއް
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!