Roadha Mihaaru
ފެނަކައިގެ އެމްޑީ މަޖިލިހުގެ ކޮމިޓީ އަށް ހާޒިރު ކުރަނީ

ފެނަކައިގެ އެމްޑީ މަޖިލިހުގެ ކޮމިޓީ އަށް މާދަމާ ހާޒިރު ކުރަނީ

18 މާޗް 2019

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މާދަމާ ހާޒިރު ކުރަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މާދަމާ ހާޒިރު ކުރަން ނިންމައިފި އެވެ.

އޭނާ އެ ކޮމިޓީ އަށް ހާޒިރު ކުރަނީ ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޓީގެ ހަތަރު މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

މިއީ، މި ސަރުކާރުގެ ކުންފުންޏެއްގެ ވެރިއަކު މަޖިލިހުގެ ކޮމިޓީ އަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.

އެ މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކި ކުންފުނިތަކުގެ ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކުރާތީ އެކަމުގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އަދި އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ.

ހާއްސަކޮށް، ފެނަކަ ކޯޕަރޭޝަނުން ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކޮށްފައި ވާތީ އެ މައްސަލަ ބަލަން ބޭނުންވާ ކަމަށް ވެސް ހުށަހެޅުމުގައި ވެ އެވެ

އެހެންވެ، ކޮމިޓީން މިއަދު ނިންމީ މާދަމާ މެންދުރު 2:00 ގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެއީ އެ ކުންފުނީގެ އެމްޑީ ވެސް ހިމެނޭ ގޮތަށެވެ.