Roadha Mihaaru
ރިފަންޑު ލަސްވަނީ ދައުލަތުން ފައިސާ ނުދީގެން:ސީ ލައިފް

ރިފަންޑު ނުދެވި ލަސްވަނީ ދައުލަތުން ފައިސާ ނުދީގެން: ސީ ލައިފް

22 މާޗް 2019

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އަޅަން ބުނި 3،000 އެޕާޓްމެންޓް ގަންނަން 50،000ރ ދީފައި ބުކިން ހެއްދި މީހުންގެ ތެރެއިން ބައެއް މީހުންނަށް އެ ފައިސާ އަނބުރާ ނުދެވި ވަނީ ދައުލަތުން ދޭން އެއްބަސްވި ފައިސާ ނުލިބިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އަޅަން ބުނި 3،000 އެޕާޓްމެންޓް ގަންނަން 50،000ރ ދީފައި ބުކިން ހެއްދި މީހުންގެ ތެރެއިން ބައެއް މީހުންނަށް އެ ފައިސާ އަނބުރާ ނުދެވި ވަނީ ދައުލަތުން ދޭން އެއްބަސްވި ފައިސާ ނުލިބިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސީ ލައިފް އަކީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

ސީ ލައިފްގެ ގާނޫނީ ވަކީލުކަން ކުރާ އެޑްވޮކަސީ ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިފަންޑް ފައިސާ 258 މީހަކަށް ދޭން ޖެހޭ ކަމަށެވެ. އެ މީހުންނަށް ފައިސާ ނުދެވި ލަސްވަނީ ދައުލަތުން އެ ކުންފުންޏަށް ލިބެން ޖެހޭ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ނުދީގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ދައުލަތުން ދައްކަން ޖެހޭ ފައިސާތައް ދެއްކުމާ އެކު ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ނުދެވިވާ އެންމެހައި ފަރާތްތަކަށް ފައިސާ ދޭނެކަން ބަޔާންކޮށް، ސީލައިފް މޯލްޑިވްސްއިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަން ވެސް މި ލޯފާމަށް ވަނީ ކަށަވަރުކޮށްދީފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް ޔާމީނެވެ. ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެވެ.

ދައުލަތުން ފައިސާ ނުދީގެން ސީ ލައިފުން ވަނީ ސިވިލް ކޯޓަސް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏަށް ސަރުކާރުން ދިނުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ބަދަލުގެ ގޮތުގައި އެ 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވެ، ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގަ އެވެ. ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެފައިސާ ނުދީގެން އެ ކުންފުނިން ކޯޓަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

Sea life in dhaulathaa dhekolhah 12 million dollar ge dhauvaa eh

Sea life in dhaulathaa dhekolhah 12 million dollar ge dhauvaa eh

The most trusted news source in the Maldives

Mihaaru

12 މިލިއަން ހޯދަން ސީލައިފުން ކޯޓަށް ދިއުން--

އެ ޕްރޮޖެކްޓް ކުރިއަށް ނުދިޔަ ސަބަބުތަކުގެ ގޮތުގައި ސީ ލައިފުން ބުނެފައިވަނީ އެ ކުންފުނިން އެގްރިމެންޓާ ހިލާފުވެފައިވާ ކަމަށް ބުނެ 2015 ވަނަ އަހަރު އެޗްޑީސީން އެގްރިމެންޓް އުވާލާފައިވާ ކަމަށެވެ. ފަހުން ކޯޓުން ވަނީ އެޗްޑީސީގެ އެ ނިންމުން ބާތިލް ކޮށްފަ އެވެ.

ސީ ލައިފްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭގެ ފަހުންވެސް އެޗްޑީސީން މުޅިންހެން މަސައްކަތް ކޮށްފައިވަނީ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއްބަސްވުން ހުއްޓުވުމަށް ކަމަށެވެ.

"ކުރިން ކޮށްފައިވާ އެތައް މަސައްކަތެއް އަލުން ކުރަން ސީ ލައިފް ގްލޯބަލްއަށް މަޖުބޫރުކޮށްފައިވާ ކަމަށާއި އެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ބޭކާރުގޮތުގައި ސީ ލައިފް ގްލޯބަލްގެ ފަރާތުން ހަރަދު ކުރަން ޖެހުނު،" ބަޔާނުގައި ބުނެފައިވެ އެވެ.

ސީ ލައިފް އިން ހުޅުމާލޭގައި އަޅަން އެއްބަސްވި ހައުސިން ޔުނިޓްތަކަށް އެޑްވާންސް ފައިސާ އަތުލުމަށް ފަހު އެތަންތަނުގެ މަސައްކަތް ނުނިމި އަދި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާއިރު، އެކަމުގައި ހައުސިން ޑިވެލޮޕްމަންޓާއި އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު ނޭޅި ކަމަށް ބުނެ އެ ދެ އިދާރާއާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ދައުވާކޮށްފަ އެވެ.