Roadha Mihaaru
ސީލައިފްގެ ވެރިޔާ އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެފި

ސީ ލައިފްގެ އެމްޑީ އައްމަޓީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

27 އެޕްރީލް 2019

ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

ހުޅުމާލޭގައި ފްލެޓު އިމާރާތް ކުރުމަށް ސީ ލައިފުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓް ނާޅައި އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެދޭން އެދިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ،

ފުލުހުންގެ ބައިނަލްއަގްވާމީ މައި ޖަމިއްޔާ އިންޓަޕޯލުން އައްމަޓީ ހޯދަން ނެރުނު ރެޑް ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތެވެ.

ހުޅުމާލޭގައި 3،000 ފްލެޓު އިމާރާތް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ސީ ލައިފް ކުންފުންޏާ ހަވާލު ކުރުމުން އެ ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަނބުރާ ނުދީ އަދި ފްލެޓްތައް ވެސް އިމާރާތް ނުކުރި މައްސަލައިގައި ގިނަ ބަޔަކު ވަނީ ސީ ލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި އެކަމުގައި އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީން އިހުމާލުވި ކަމަށް ބުނެ އެ ދެ މުއައްސަސާއާ ދެކޮޅަށް ވެސް ދައުވާ ކުރެ އެވެ.