28 މާޗް 2019
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ގިނަ ވައުދުތައް ފުއްދައި، ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ގިނަ ވައުދުތައް ފުއްދައި، ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅިން ޚަރާބުވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ ކަންކަން އިސްލާހު ކުރަން ބޭނުންވާ ބަޔަކަށް 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. ނަމަވެސް، އެ މުއްދަތަށް ކަނޑައެޅި 160 ވައުދުގެ 83 ޕަސެންޓު ހާސިލްވުމަކީ ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ނުފުއްދި ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.
"މިހާތަނަށް ހާސިލް ނުކުރެވި ހުރި ބައެއް ކަންކަމަކީ ދައުލަތުގެ އެހެން އިދާރާތަކާއި އެހެން މުއައްސަސާތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާއި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ކުރަންޖެހޭ ކަންތައް. އަދި ބައެއް ކަންކަމަކީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭނެ ކަންތައް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ނައްތާލުމުގެ ވައުދުގެ ތެރެއިން ވިސްލް ބްލޮވިން ޕްރޮޓެކްޝަން ބިލާއި ނުޙައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން އާއްމުކުރަން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެކަމުގައި އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ޝަރުއީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައި ވަނީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން ކަން ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
"ރާއްޖޭގެ ތަރައްގީއަށްޓަކައި މި ކަންތައް ހުއްޓުވަން ޖެހޭ. ކޮރަޕްޝަނާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ އަމަލުތައް ރިޕޯޓް ކުރުމަށް ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް މިހާރު ވާނީ އާންމުންނަށް ހުޅުވާލާފައި،" ރައީސް ވިދާޅުވި އެވެ.
- ދައުލަތުގެ މާލީ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާއްމު ކުރާނެ. މި ކަންކަމުން އަޅުގަނޑުމެން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެ ކަން.
- މިދިޔަ ސަރުކާރުން އެންމެ ބޮޑަށް އަރައިގަނެފައިވާ އެއް ހައްގަކީ ބޯހިޔާވަހިކަމުގެ ހައްގު. ފްލެޓްތައް ބަހާލާފައި ވަނީ ހައްގު ނޫން އެތައް ބަޔަކަށް. އެ މައްސަލަތައް ސަރުކާރުން އަންނަނީ ބަލަމުން.
- ސިޔާސީ ސަބަބުތަކަކަށްޓަކައި ވަޒީފާ އިން ވަކިކުރި މީހުންގެ ހައްގުތައް އިޔާދަކުރުމުގެ މަސައްކަތް އެބަދޭ.
- ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ކައުންސިލްތަކަށް މި އަންނަނީ ބާރުތައް ދެމުން. އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ވަނީ ހުށަހަޅާފައި.
- އެ އިސްލާހުތަކުން ރާއްޖޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް ޕަސެންޓު ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް ބިލްގައި ވާނީ ހިމަނާފައި.
- ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ރަށްރަށާއި ފަޅާއި ފަރުތަކުން ނެގޭ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓު ސީދާ އެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެހިގެންދާނެ.
- ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ތެރެއިން 33 ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރެވޭނެ.
- ދަނޑުވެރިކަމާއި މަސްވެރިކަމުގައި އުޅޭ އަމިއްލަ މީހުންނަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި.
- މަސްވެރިން ގަންނަ ޑީސަލުން ނަގަމުން އައި ޑިއުޓީ އާއި ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ނަގަމުން އައި ޑިއުޓީ މިހާރު ވާނީ ކަނޑާލާފައި. މީގެ ފައިދާ މަސްވެރިންނާއި ދަނޑުވެރިންނަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ.
- ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައި ރާއްޖެއިން ބޭރުގައި ކިޔެވުމަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފައި.
- ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމަ އަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައި.
ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ވަނީ ލިބިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ، ޓޫރިޒަމް ކުރިއަރައި އިގްތިސާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އަދި އޭގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ ހަމަޖެހެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ އިއުލާން ކޮށްފައި ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ފަށަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނު އިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި. މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވި،" ރައީސް ވިދާޅުވި އެވެ.
"މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް ވަނީ 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރެވިފައި. މި އަދަދުތަކުން އެނގެނީ، އަޅުގަނޑު ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރު އިތުރުކުރެވިފައި ކަން،" ރައީސް ވިދާޅުވި އެވެ.
އަމްރަށް ގޯސްވި މިސްރާބަށް މާލީއިދާރާތަކުން ތައުރީފްކުރި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ހީނަރުކަމުން އަރައިގަންނަން ފުރުސަތު އެބައޮތް: ރައީސް
އާންމު ހާލަތަށް ރުޖޫއަވުމަށް ޓާސްކްފޯހެއް އުފައްދަނީ