Roadha Mihaaru
ކޮންގްރެސްގެ މެނިފެސްޓޯވާނީ ރައްޔިތުންގެ އަޑަށް: ރާހުލް

ކޮންގްރެސްގެ މެނިފެސްޓޯވާނީ ރައްޔިތުންގެ އަޑަށް: ރާހުލް

01 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 1) - ކޮންގްރެސް ޕާޓީން ނެރޭ މެނިފެސްޓޯގައި ހިމެނޭނީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ އެންމެ މީހެއްގެ ޚިޔާލު ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 1) - ކޮންގްރެސް ޕާޓީން ނެރޭ މެނިފެސްޓޯގައި ހިމެނޭނީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ އެންމެ މީހެއްގެ ޚިޔާލު ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.

މި މަހު 11 ވަނަ ދުވަހު ފަށާ އިންޑިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ރާހުލް ވިދާޅުވީ އެއީ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ތައުލީމާއި ސިއްހަތު އަދި އިގްތިސާދީ ކުރިއެރުމަށް ހުޅުވިގެންދާ މަގުޗާޓެއް ކަމަށެވެ.

އުމުރުން 48 އަހަރުގެ ލީޑަރު ވިދާޅުވީ ރައްޔިތުން މިފަހަރު އިޚްތިޔާރު ކުރާނީ ކޮންގްރެސް ޕާޓީ ކަމަށެވެ. އަދި ދޮގު ވައުދުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރު ދެން ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ވެގެންދާން. އެކެއްގެ އަޑު އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ގަބޫލް ކުރަނީ އެންމެގެ ވާހަކަތަކާއި ޚިޔާލުތައް،" ރާހުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންގްރެސްގެ މެނިފެސްޓޯ އަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި މަޝްވަރާކޮށްގެން ތައްޔާރުކޮށްފައިވާ ބާރުގަދަ ލިޔުމެއް ކަމަށެވެ.