އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ހޯދަން ހިންގަފާނެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުމުގެ ސޯޝަލް މީޑިއާ ކެމްޕޭނެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އެބަ ގެންދެ އެވެ.
01 އެޕްރީލް 2019
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ހޯދަން ހިންގަފާނެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުމުގެ ސޯޝަލް މީޑިއާ ކެމްޕޭނެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އެބަ ގެންދެ އެވެ.
މިދިޔަ މަހުގެ 26 އިން ފެށިގެން އޭސީސީން ކުރިއަށް ގެންދާ ކެމްޕޭންގައި މިއަދު ވަނީ އޭސީސީން ޓްވީޓްތަކެއް ކޮށް، އިންތިހާބީ ކޮރަޕްޝަނަށް ވާނެ ބައެއް ކަންކަން ކިޔައިދީފަ އެވެ. އެގޮތުން އިންތިހާބަށް ކެމްޕޭންކުރަން ކެންޑިޑޭޓުންނަށް ފައިސާ ބޭނުންކުރެވޭނީ ކިހިނެއްކަން ބުނެދީފައިވެ އެވެ.
"އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި، ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ފަރާތުން އެހެން މީހަކު ވިޔަސް ބޭނުންކޮށްގެން ނުވާނެ އެވެ،" އޭސީސީގެ ޓްވީޓެއްގައިވެ އެވެ.
#MageyVoteMageyNazaahaiytherikan #accmv #މަގޭވޯޓުމަގޭނަޒާހަތްތެރިކަން pic.twitter.com/nFOmnVzdvw
— ACC-MALDIVES (@ACC_Maldives) April 1, 2019
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި ދައުލަތުގެ ފައިސާ ކެމްޕޭނަށް ހަރަދުކޮށްގެން ނުވާނެ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށް އެހެން މެސެޖުތަކެއްގައިވެ އެވެ.
މިފަހަރުގެ އިންތިހާބުގެ ކެމްޕޭންގައި ބައެއް ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ތުހުމަތުކުރި މައްސަލަތަކެއް އޭސީސީއަށް ކުރިން ހުށަހެޅި އެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި ކެންޑިޑޭޓަކަށް ފިޔަވަޅެއް އަޅަން ޖެހޭ ކަން އޭސީސީގެ ތަހުގީގަށް ސާބިތެއް ނުވެ އެވެ.
#MageyVoteMageyNazaahaiytherikan #accmv #މަގޭވޯޓުމަގޭނަޒާހަތްތެރިކަން pic.twitter.com/5ztannXucI
— ACC-MALDIVES (@ACC_Maldives) April 1, 2019
އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެފަދަ ބައެއް ޝަކުވާތައް ލިބުނު ކަމަށާއި އެ މައްސަލަތައް އޭސީސީއަށް ހުށަހަޅަން އިރުޝާދު ދީފައިވާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި 87 ދާއިރާއަށް 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އީސީން އިއްޔެ ބުނީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީ ތަކުގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އިންތިހާބީ ރިޝްވަތުގެ 16 މައްސަލައެއް ނިންމައިފި
އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ނުހިންގާ: އޭސީސީ
ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް
އަނދުން ހުސެއިނާ އޭސީސީން ސުވާލުކޮށްފި
ރިޝްވަތުގެ ކުށެއް ނުކުރަން ކެންޑިޑޭޓުންނަށް އަންގައިފި
ކޮންމެ ކެންޑިޑޭޓަކީ ސޭޓެއްތޯ؟
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!