ބުރަ މަސައްކަތުން ގެނައި ސަރުކާރު ދަމަހައްޓަން މާދަމާގެ އިންތިޚާބުގައި އެންމެން ވޯޓު ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
05 އެޕްރީލް 2019
ބުރަ މަސައްކަތުން ގެނައި ސަރުކާރު ދަމަހައްޓަން މާދަމާގެ އިންތިޚާބުގައި އެންމެން ވޯޓު ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިމެން ކައިރިވެފައިވަނިކޮށް އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ގެނައި ސަރުކާރު ދެމެހެއްޓުމަށްޓަކައި ދެވޭ އެންމެ އެންމެ މުހިއްމު ވޯޓު ކަމަށެވެ. އެހެންވެ އެންމެންގެ ވޯޓަކީ ވެސް މި ސަރުކާރަށް ދޭ ވޯޓަކަށް ހެދުމަށް އެދިވަޑައިގެންނެވި އެވެ.
ސަރުކާރު ދަމަހައްޓަން ވޯޓުދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއިރު، އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
Maadhamaa mi negey vote akee, ethah qurbaanee thakeh rayyithun vegen genai sarukaaru dhemehettumattakaa dhevey emme muhimmu vote. Emmeha rayyithunge vote akee mi sarukaarah dhevey vote eh kamuga hadhdhava dhevva.
— Faisal Naseem (@FaisalNasym) April 5, 2019
މަޖިލީހުގެ ގޮނޑިތައް ބަހާނެގޮތަކާމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ޖޭޕީން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށްފަ އެވެ. ޕީޕީއެމް/ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފަ އެވެ.
ނައިބުު ރައީސް ވަނީ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުންގެ މަޖިލިސް ކެމްޕެއިންގައި ވެސް މީގެ ކުރިން ބައިވެރިވެވަޑައިގެންފަ އެވެ.
ދޭ އިންޒާރަށް ނުސިހޭނެ: ނައިބު ރައީސް
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!
އިދިކޮޅުން ދައްކާނެ ބަހަނާއެއް ނެތް!
ގާސިމްގެ ރައްދު ޖޭޕީ ކައުންސިލަށް: ބޭނުން ކަމެއްކުރޭ!
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
ނަޝީދު އުޅެނީ ބޮޑުވަޒީރު ކަމަށް އަންނަން: ގާސިމް
ގާސިމް، ކޯލިޝަނަކުން ނުނިކުންނަވާނެ: ރައީސް