Roadha Mihaaru
ގާސިމްގެ ރައްދު ޖޭޕީ ކައުންސިލަށް: ބޭނުން ކަމެއްކުރޭ!

ގާސިމްގެ ރައްދު ޖޭޕީގެ ކައުންސިލަށް: ބޭނުން ކަމެއް ކުރޭ!

07 އެޕްރީލް 2019

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކޮށްދިނުމުގައި އެ ޕާޓީގެ ކައުންސިލުން ކުރި މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކޮށްދިނުމުގައި އެ ޕާޓީގެ ކައުންސިލުން ކުރި މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މަޖިލިހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޖޭޕީ އަށް ލިބުނީ އެންމެ ހަތް ގޮނޑި އެވެ. އެކަމަކު، އެ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާ އަށް ކެންޑިޑޭޓުން ނެރެފައިވެ އެވެ. ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން ކާމީޔާބީ ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަކީ ގާސިމްގެ އިތުރުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ތިމަރަފުށި ގޮނޑި ކާމިޔާބު ކުރެއްވި، ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޕާޓީ އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބައިއަތު ހިފުން ކަމަށެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓު.

"ކަނޑުފޭރޭ މީހުން ޖޭޕީ ހިސޯރު ކުރުމުން ޖޭޕީގެ ކެންޑިޑޭޓުންނަށް ގެއްލުންވެ، ޖޭޕީ ސަލާމަތެއް ނުވި، އެހެނަސް، ރައްޔިތުން ގައުމު ސަލާމަތްކޮށްދީފި. އިބުރަތެއް،" އެމްޑީޕީ އަށް މި އިންތިޚާބުން ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރަން ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ރައްދު ދެއްވައި، ވަޓްސްއެޕް ގްރޫޕްގައި ގާސިމް ވިދާޅުވީ، 2009 ގައި ވެސް އެ ޕާޓީން ޓިކެޓު ދީގެން އެއްވެސް ބަޔަކާ ބައިވެރިވެ ނުވެ، 30 މީހުންނަށް ޚާރަދުކޮށްގެން ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ކަމަށެވެ. އަދި ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް، ނުސިހޭނެ ކަމަށް ވިދާޅުވެ، ކައުންސިލް މެމްބަރުންނަށް އެމަނިކުފާނު ފާޑު ވިދާޅުވި އެވެ. އޭރު ޖޭޕީ އަށް ގިނަ ގޮނޑިތައް ކާމިޔާބު ނުވީ "ކޮން ވަގަކު" ހުރީމަތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

"މި އިންތިޚާ ކާމިޔާބު ކުރަން ކޮށްދެއްވި ކަމެއް އެބައޮތްތޯ؟ ކަމެއް ކޮށް ނުދީ ތިބެގެން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި، އިންތިޚާބުގެ ވޯޓުލުން ފެށުމަށް ދެ ދުވަހަށް ވުމުން "ރުފިޔާ އޮއްސާލީ ވާރޭ ވެހޭ ހެން" ނެވެ.

"އަނެއްކޮޅުން އަހަރުމެންގެ ތެރެއިން ޖޭޕީ އަށާއި ގާސިމަށް ބަވަމުން ދިޔައީ އަހަރުމެންގެ ތެރެއިން ނޫންބާ؟ މިހާރު ވެސް ތިޔަ ބަވަނީ ގާސިމަށް ނޫންތޯ؟ މާ އަޑުގަދަކުރައްވާނެ ކަމެއް ނެތް، ތިޔަބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންކަން ކޮށްލައްވާ،" ގާސިމް ފޮނުއްވި މެސެޖުގައި ވެ އެވެ.