Roadha Mihaaru
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދަނީ

ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދަނީ

10 އެޕްރީލް 2019

ކުރިއަށް ހުރި އިންތިޚާބުތަކުގައި ލޯފަން މީހުން އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް ހުރި އިންތިޚާބުތަކުގައި ލޯފަން މީހުން އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ވޯޓުލުމަށް އެހީތެރިކަން ބޭނުންވާ މީހުން އެހީ ހޯދަން ޖެހޭނީ އެހީތެރިޔާއާ އެކު އަންނަ މީހަކަށް ނުވަތަ ވޯޓުލާ މަރުކަޒުގައި ހުންނަ އޮފިޝަލެއް މެދުވެރިކޮށެވެ. މީގެ ކުރިން، އެ ހާލަތު މެދުވެރިވެއްޖެ ނަމަ އޮފިޝަލުންނަށް ވޯޓުލުމުގެ ފުރުސަތެއް ނޯވެ އެވެ.

އަކްރަމް ވިދާޅުވީ ވޯޓު ލާން އެހީތެރިކަން ބޭނުންވާ މީހުން، އޮފިޝަލެއް މެދުވެރިކޮށް ވޯޓުލެވޭ ގޮތް ހަދަން ޖެހުނީ ގިނަ ޝަކުވާތަކެއް ހުށަހެޅީމާ ކަމަށެވެ. ވޯޓުލުމުގައި އޮފިޝަލެއްގެ އެހީތެރިކަން ހޯދުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ވޯޓު ލުމަށް އެހީތެރިކަން ބޭނުންވާ މީހުން ވޯޓުލި އިރު، އެއްވެސް މައްސަލައެއް ދިމާވެގެން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ.

"އޭރު އަންނަމުން ދިޔަ ޝަކުވާއަކީ ތިމަންނާ ގޮވައިގެން ގޮސް، މިވެނި މީހަކަށް ވޯޓު ހޯދުމަށް ނުފޫޒު ފޯރުވަނީއޭ. ތިމަންނަ ބުނާ މީހާއެއް ނޫނޭ މާކް ކުރަނީކީ. އެކަހަލަ ބައިވަރު ޝަކުވާތަކެއް. އެހެންވެ އެކަން ހުއްޓުވުމަށް އޮފިޝަލެއް ބޭނުން ކުރަން ފުރުސަތު ދެނީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލުމުގައި އެހީތެރިކަން ބޭނުންވާ ކަމަށް ކަނޑައަޅާފައި ވަނީ ލޯފަން މީހުންގެ އިތުރުން އަތުން ފާހަގަ ޖެހުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ބްރެއިލް ނަމުގައި ލޯފަން މީހުންނަށް ހާއްސަކޮށްފައިވާ ލިޔުމުގެ ސިސްޓަމެއް ބޭނުން ކުރަމުންނެވެ. ކަރުދާހުގައި އަކުރުތައް ލިޔުމުގެ ބަދަލުގައި، ބްރައިލްގައި ހުންނާނީ ތިކިތަކަކުން އަކުރުގެ ސިފަ ގެނެސް އެ ޕްރިންޓްކޮށްފަ އެވެ. އެހެންވެ އެ ތިކިތަކުގައި އަތްލުމުން، އެއީ ކޮން އަކުރެއްކަން އެނގޭނެ އެވެ.

ލޮލަށް ނުފެންނަ މީހުންނަށް، ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދެވޭ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ފައްޓަވައި ދެއްވައިފަ އެވެ.