Roadha Mihaaru
ދަރިވަރުންގެ ނެޕީ ބަދަލުކޮށްދޭނެ މީހަކު ހޯދަނީ

ދަރިވަރުންގެ ނެޕީ ބަދަލުކޮށްދޭނެ މީހަކު ހޯދަނީ

12 އެޕްރީލް 2019

އިނގިރޭސިވިލާތުގެ ވެސްޓް މިޑްލެންޑްސްގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ނެޕީ ޖަހާ އަދި އަމިއްލަ އަށް ފާހާނާކުރަން ނޭނގޭ ދަރިވަރުންގެ މައްސަލަ ބޮޑުވެ، ދަރިވަރުންގެ ނެޕީ ބަދަލު ކުރާނެ މުވައްޒަފަކު ހޯދަން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ވެސްޓް މިޑްލެންޑްސްގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ނެޕީ ޖަހާ އަދި އަމިއްލަ އަށް ފާހާނާކުރަން ނޭނގޭ ދަރިވަރުންގެ މައްސަލަ ބޮޑުވެ، ދަރިވަރުންގެ ނެޕީ ބަދަލު ކުރާނެ މުވައްޒަފަކު ހޯދަން ޖެހިއްޖެ އެވެ.

ސްކޫލުގެ ނަން ހާމަ ނުކޮށް، ސްކޫލް ހިންގާ ވޮލްސޯލްގެ ފީޒީ ޕާކް ފާމްގެ ކައުންސިލަރު ކްރިސް ޓޯވް މީޑިއާތަކަށް ވިދާޅުވީ ވެސްޓް މިޑްލެންޑްސްގައި ނާސަރީ އާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ގިނަ ސްކޫލްތަކުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ އަމިއްލަ އަށް ފާހާނާކުރަން ނޭނގޭ ދަރިވަރުންނެވެ.

"އުމުރުން ފަސް އަހަރު ފުރިފައި ތިބޭ ކުދިންނަށް އަމިއްލަ އަށް ފާހާނާ ކުރަން ނޭނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކްރިސް ވިދާޅުވި ގޮތުގައި އެ އުމުރަށް އަޅާއިރު ކުދިންނަށް އަމިއްލަ ފާހާނާކުރަން ބެލެނިވެރިން ދަސްކޮށް ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި މީގެ ސަބަބުން ސްކޫލްތަކަށް ފޮނުވާ ދަރިވަރުންނަށް ފާހާނާކުރަން ނޭނގުމުން މުވައްޒަފުންނަށް ދިމާވާ ދަތިތައް ބޮޑު ކަމަށް ވިދާޅުވި އެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ ލިޔަން ފަންސުރުގައި ވެސް ރަނގަޅަށް ހިފަން ނޭނގޭ ކުދިން. ދަރިވަރުން ސްކޫލަށް ފޮނުވާ އުމުރަށް އަޅާ އިރު، ފާހާނާ ކުރުމާއި ލިޔަންކިޔަން އެނގޭވަރު ކުރުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެއް. އެއީ އެ މީހުންގެ ޒިންމާއެއް،" ކްރިސް ވިދާޅުވި އެވެ. "އެކަމަކު މިފަދަ ހުނަރުތައް ދަސްކޮށް ނުދީ ދަރިވަރުން ސްކޫލަށް ފޮނުވާތީ ކުރިމަތިވާ ދަތިތަކުގެ ވާހަކަ ސްކޫލްތަކުން ކައުންސިލަށް ވެސް ޝަކުވާގެ ގޮތުގައި އެބަ ހުށަހަޅާ. އެހެންވީމާ ކިހިނެއް މި ހާލުގައި ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައި ދޭނީ؟"

ކުޑަކުއްޖަކު ފާހާނާ ކުރަނީ.

ކުޑަކުއްޖަކު ފާހާނާ ކުރަނީ.

މި މައްސަލައާ ގުޅިގެން ފީޒީ ޕާކް ފާމް ކައުންސިލުން މިހާރު ނިންމާފައި ވަނީ ސްކޫލަށް ދަރިވަރުން ފޮނުވުމުގެ ކުރިން ބެލެނިވެރިންގެ ފަރާތުން ދަސްކޮށް ދޭން ޖެހޭ އާންމު ހުނަރުތައް ދަސްކޮށްދީފައި ފޮނުވުމަށް އިލްތިމާސްކޮށް ގޭބިސީތަކަށް ސިޓީ ފޮނުވާށެވެ.

ދެހާސް ސޯޅައިގައި އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 3-7 އަހަރާ ދެމެދުގެ ގިނަ ކުދިންނަކީ އަމިއްލަށް ފާހާނާ ކުރަން ނޭނގޭ ކުދިންކަން ޓީޗަރުންނަށް ފާހަގަ ކުރެވިފައިވެ އެވެ.