ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި ފުލުސް މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް އަދި އެހެން ދެ މައްސަލައެއްގައި ހިމެނޭ އިތުރު ދެ މީހެއްގެ ލައިސެންސް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓައިފި އެވެ.
14 އެޕްރީލް 2019
ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި ފުލުސް މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް އަދި އެހެން ދެ މައްސަލައެއްގައި ހިމެނޭ އިތުރު ދެ މީހެއްގެ ލައިސެންސް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓައިފި އެވެ.
މާލޭގެ ރިންގް ރޯޑުގައި ކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެކަން ކުރި މީހާ އަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތުގެ މި ވީޑިއޯ އިން ފެންނަ ގޮތުގައި ކުއްޖާ ވަށިގަނޑުގައި ބައިންދާފައި އިން އިރު، ސައިކަލްގެ ހެޑް ލައިޓް ވެސް ހުރީ އެ ކުއްޖާގެ ލޮލަށް ވާ ގޮތަށް ދިއްލައިފަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ސަމާލުކަމަށް އައި މި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރި މީހާއާ މެދު ފިޔަވަޅު އެޅީ އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އަދި އެހެން ދެ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ވެސް އެ ގާނޫނުގެ ދަށުންނެވެ.
އެގޮތުން ތ. ތިމަރަފުށީގައި މިދިޔަ މާޗް 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސެންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ އަށް ރާއްޖޭން ބޭރުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ މަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެއް ފުނޑުފުނޑުވި ހާދިސާއާ ގުޅިގެން އެ ކާރު ދުއްވި މީހާގެ ލައިސަންސް ވެސް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ލައިސެންސް ހިފެހެއްޓީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޕާސަނަލް ސެކްރެޓަރީ އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫންގެ އެވެ.
މާލޭގެ ސެނަހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭނާގެ ހުއްދަ ބާތިލްކޮށްފަ އެވެ.
ކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން
މީހަކު މަރުވިއްޔާ ނޫނީ ހަމަ ފިޔަވަޅެއް ނޭޅެނީތަ؟!
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކޮށްފި
ހިޔާ ފްލެޓަކުން ކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ސްކޫލުގައި ކުއްޖަކަށް "ޖިންސީގޯނާކުރި"މީހާ ދޫކޮށްލައިފި