31 އޯގަސްޓް 2016
ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ކުރާ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމީން މި މަހު އުފެއްދެވި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބޯޑަށް އަށްމިއަދު މެމްބަރުން އައްޔަންކޮށްފި އެވެ.
ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ކުރާ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމީން މި މަހު އުފެއްދެވި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބޯޑަށް އަށްމިއަދު މެމްބަރުން އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއައިޓީޑީސީގެ ޗެއާޕާސަންގެ މަގާމަށް ހ. ހެޒުލް، ފާތިމަތު ރިޝްފާ އަދި މެނޭޖިން ޑިރެކްޓަރަކަށް މ. ކަނަމަނަ މުހައްމަދު ޝާހިދު އައްޔަންކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ބޯޑުގެ މެމްބަރުންގެ ގޮތުގައި ގދ. ތިނަދޫ، ލުކިން ގްލާސް، ޝަކީބާ ހުސެއިނާއި ސ. ހިތަދޫ، ކޮތަންމާގޭ މަންސޫރު ޒުބެއިރުގެ އިތުރުން ލ. ފޮނަދޫ، އަރާއިރު ފާތިމަތު ސޮބާހާ އައްޔަންކުރައްވާފައިވާ ކަމަށް ނިޒާރުގެ ޓްވީޓުގައިވެ އެވެ.
މި ބޭފުޅުންގެ ތެރެއިން ޝާހިދު މިހާތަނަށް މަސައްކަތް ކުރެއްވީ އެޗްޑީސީގަ އެވެ. ޝަކީބާ މަސައްކަތްކުރައްވަނީ އަމިއްލަ ޓްރެވަލް އެޖެންސީއެއްގަ އެވެ. ޒުބެއިރު މަސައްކަތް ކުރައްވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަ އެވެ. މި ބޯޑަށް އައްޔަންކުރެއްވި މެމްބަރުންގެ ތެރެއިން ސޮބާހާ އަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ އަންހެން ދަރިކަނބަލެކެވެ.
"ޕީސީބީގައި ގާބިލްކަމެއް ނެތް، ބޯޑު އެކުލަވާލަންޖެހޭ"
އެމްޓީޑީސީގެ އެމްޑީ ކަމަށް ތަޒްމީލް އައްޔަންކޮށްފި
ކުންފުނިތަކަށް ވެރިން އައްޔަންކުރާކަށް އަދި ނާންގާ
އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް ހަތަރު ބޭފުޅެއް
ވެމްކޯގެ ޗެއާމަން އާއި އެމްޑީ މަގާމުން ވަކިކޮށްފި
ހައްޖު ކޯޕަރޭޝަނުގެ ބޯޑަށް އިތުރު ދެ މެންބަރުން
ފެނަކައިގެ ޗެއާމަަނަކަށް އިގުބާލް އައްޔަންކޮށްފި
ސްޓެލްކޯގެ ޗެއާމަނަކަށް އައިމަން އައްޔަންކުރައްވައިފި
އެމްއާރުޑީސީ ޗެއާމަންގެ މަގާމުން ރިޔާޒު އިސްތިއުފާ ދީފި
ޓްރެވެލޫޝަންގެ ތިން ވަނަ އެޑިޝަން ނެރެފި