Roadha Mihaaru
އެމްއާރުޑީސީ ޗެއާމަންގެ މަގާމުން ރިޔާޒު އިސްތިއުފާ ދީފި

އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުން ރިޔާޒު އިސްތިއުފާ ދެއްވައިފި

29 ސެޕްޓެމްބަރ 2016

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ރިޔާޒު އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ރިޔާޒު އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓަމުން އަންނަ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުން ރިޔާޒު އިސްތިއުފާ ދެއްވީ އިއްޔެ ކަމަށާއި އެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޗެއާމަންގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މަގާމުގައި ހުންނަވަން މި ވަގުތު ބޭނުންނުވާތީ ކަމަށެވެ.

ރިޔާޒު ވަނީ ރާއްޖޭގެ ވޮލީ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރު ވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސެވެ. އެކަމަކު އެސޯސިއޭޝަންގައި އެންމެ ފަހުން ބޭއްވި އިންތިހާބުގައި މައްސަލަތަކެއް ކުރިމަތިވެ އިންިހާބު އަލުން ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރިޔާޒު ދެން ވާދައެއް ނުކުރައްވާނެ އެވެ.