Roadha Mihaaru
ސްޓެލްކޯގެ ޗެއާމަނަކަށް އައިމަން އައްޔަންކުރައްވައިފި

ސްޓެލްކޯގެ ޗެއާމަނަކަށް އައިމަން އައްޔަންކުރައްވައިފި

29 ސެޕްޓެމްބަރ 2016

ސްޓެލްކޯގެ ޗެއާމަނަކަށް އަހުމަދު އައިމަން މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްޓެލްކޯގެ ޗެއާމަނަކަށް އަހުމަދު އައިމަން މިއަދު އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގދ. ފަރެސްމާތޮޑާ، އުދަރެސް، އަހުމަދު އައިމަން ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.

އައިމަން މަސައްކަތް ކުރައްވަން އަންނަނީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

ނިޒާރު ކުރެއްވި ޓްވީޓް

ސްޓެލްކޯގެ ޗެއާމަނަކަށް 2013 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެއި މަަހާ ހަމައަށް ހުންނެވީ އަފީފް ހުސެއިނެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރެއްވުމަށް ފަހު ސްޓެލްކޯގެ ޗެއާމަނަކަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ސިނާން އަލީ އައްޔަން ކުރެއްވި ކަން ވެސް އިއުލާން ކުރެއްވި އެވެ.

ސްޓެލްކޯ ޗެއާމަން ކަމުގައި ސިނާން ހޭދަކުރެއްވީ ތިން ދުވަހެވެ. އަނެއްކާ ވެސް އެ މަގާމުން އޭނާ ވަކިކުރެއްވުމަށްފަހު އައްޔަންކުރެއްވީ އެމްޓީސީސީގެ ބޯޑު މެމްބަރަކަށެވެ.