Roadha Mihaaru
ފެނަކައިގެ ޗެއާމަަނަކަށް އިގުބާލް އައްޔަންކޮށްފި

ފެނަކައިގެ ޗެއާމަނަކަށް އިގުބާލް އައްޔަންކޮށްފި

19 އޮކްޓޯބަރ 2016

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހަމަޖެއްސި އިގްބާލް އާދަމް، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހަމަޖެއްސި އިގްބާލް އާދަމް، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގ. ވަށަފަރު، އިގުބާލް، ފެނަކައިގެ ޗެއާމަނަކަށް އައްޔަންކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ، ފެނަކައިގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަދީމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ނިޒާރު ކުރެއްވި ޓްވީޓް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް އިސްތިއުފާ ދެއްވީ، އޭނާ އުންމީދުކުރި ގޮތަށް ކުންފުނީގެ ފަރާތުން ހިދުމަތް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް އިސްތިއުފާގެ ސިޓީގައި ވެ އެވެ.

އިގުބާލަކީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ބޭބެ އެވެ. އޭނާ މިދިޔަ އާދިއްތަދުވަހުގެ ރޭ ޕީޕީއެމަށް ސޮއިކުރެއްވުމާ އެކު، ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިގުބާލް ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަމްކޮށްފަ އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ ޑައިރެކްޓަރުކަމާއި އެމްޓީސީސީގެ ޗެއާމަންގެ މަގާމު ވެސް އިގުބާލް އަދާކުރައްވާފައި ވެ އެވެ.