Roadha Mihaaru
ވާރޭ ނުވެހި ގިނަ ދުވަސްވާތީ އިސްތިސްގާ ނަމާދުކޮށްފި

ވާރޭ ނުވެހި ގިނަ ދުވަސްވާތީ އިސްތިސްގާ ނަމާދުކޮށްފި

15 އެޕްރީލް 2019

ރާއްޖެ އަށް ވާރޭ ނުވެހި ގިނަ ދުވަސްވާތީ ހުރިހާ ރަށެއްގައި މިއަދު އިސްތިސްގާ ނަމާދުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ވާރޭ ނުވެހި ގިނަ ދުވަސްވާތީ ހުރިހާ ރަށެއްގައި މިއަދު އިސްތިސްގާ ނަމާދުކޮށްފި އެވެ.

އިސްތިސްގާ ނަމާދަކީ، ވާރޭ ނުވެހި ފެނަށް ޖެހި ގިނަ ދުވަސްވާތީ، ވާރެއް ވެއްސަވާތޯ ﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް ކުރާ ސުންނަތް ނަމާދެކެވެ.

މި ނަމާދު ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، އެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޮށްފަ އެވެ. މާލޭގައި އެ ނަމާދު ކުރީ އިސްލާމީ މަރުކަޒުގަ އެވެ. މާލޭގައި އިމާމުވެ ނަމާދު ކޮށްދެއްވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފެވެ.

ރާއްޖެ އަށް ވާރޭ ނުވެހި ގިނަ ދުވަސްވެ، ފެނަށް ޖެހިފައިވާތީ މާލޭގައި މިއަދު ކުރި އިސްތިސްގާ ނަމާދަށް ފަހު ޑރ. އިޔާޒް ޚުތުބާ ވިދާޅުވަނީ: ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ މެންދުރު ނަމާދަށް ފަހު ވަނީ އިސްތިސްގާ ނަމާދު ކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަމާދަށް ފަހު ދެއްވި ޚުތުބާގައި އިޔާޒް ވިދާޅުވީ، ފެނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ﷲ ގެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށެވެ. ކީރިތި ގުރުއާނާއި ސުންނަތުން ދަލީލު ދައްކަވަމުން އިޔާޒް ވިދާޅުވީ ﷲ އަށް ދުއާ ދެންނެވުމުން ދުއާ އިޖާބަ ކުރައްވާނެ ކަމަށާއި ހާލަތާ މެދު ވިސްނާ ފިކުރުކޮށް ދުއާ ދަންނަވަން ޖެހޭ ކަމަށެވެ.

"މުސްލިމް އަޚުނޭވެ. މިއަދު މިވަނީ ފެނަށް ދަތިވެ ނުތަނަވަސްކަން ރަށުތެރެއަށް ފެތުރިފަ އެވެ. އެހެންކަމުން މިކަމުން މިންޖު ކުރައްވާތޯ މާތް ﷲ ގެ ހަޟްހަރަތަށް ރުޖޫއަ ވާށެވެ. ފާފައެއް ކުރެވިފައިވާ ނަމަ އެ ފާފައަކުން ތައުބާވެ ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމް ކަނޑައަޅާށެވެ،" ޚުތުބާގައި އިޔާޒް ވިދާޅުވި އެވެ.

ރާއްޖެ އަށް ވާރޭ ނުވެހި ގިނަ ދުވަސްވެ، ފެނަށް ޖެހިފައިވާތީ މާލޭގައި މިއަދު ކުރި އިސްތިސްގާ ނަމާދަށް ފަހު ދުއާ ކުރަނީ: ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ މެންދުރު ނަމާދަށް ފަހު ވަނީ އިސްތިސްގާ ނަމާދު ކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޚުތުބާގައި ވަނީ ﷲ އަށް ތަގުވާވެރި ވުމަށާއި ގޮވާލައިފަ އެވެ. އަދި ދަތި، ނުތަނަވަސް ވަގުތުތަކުގަ އާއި ތަނަވަސް، ފަސޭހަ ވަގުތުގައި ވެސް ﷲ އަށް ބިރުވެތި ވުމަށް ގޮވައިލި އެވެ.

"މުއުމިނުންނޭވެ. މި ހާލަތުގައި އެންމެ އައުލާ ވެގެން ވަނީ އިސްތިޣުފާރު ކުރުން ގިނަ ކުރުމެވެ. އެކަމުގެ ސަބަބުން މާތް ﷲ، އެކަލާނގެ ދެއްވާ ބަރަކާތްތެރި ރިޒުގު އިތުރުކޮށްދެއްވަ އެވެ. ވާރޭ ވެއްސަވައި ދެއްވަ އެވެ. އަނބިދަރިންގެ ކަންތައްތައް ހެޔޮކޮށްދެއްވަ އެވެ. ގަސްގަހާގެހި ފަޅުއްވައި އެ ތަކެތިން ގޮވާމާއި މޭވާތައް ނެރުއްވަ އެވެ،" ގުރުއާނުން ދަލީލާ އެކު ޚުތުބާގައި ވެ އެވެ.

ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ރާއްޖޭގެ ގިނަ ރަށްރަށުން ބޯފެން ހުސްވެ، ފެން ފޯރުކޮށްދޭން ޖެހެ އެވެ.