އިސްލާމިކް މަރުކަޒުގައި ޖަމާއަތުގައި ތަރާވީހް ނަމާދުކުރަނީ ލޮކްޑައުންގައި ތިބި އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
24 އެޕްރީލް 2020
އިސްލާމިކް މަރުކަޒުގައި ޖަމާއަތުގައި ތަރާވީހް ނަމާދުކުރަނީ ލޮކްޑައުންގައި ތިބި އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ނުރައްކާތެރި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ވެސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނުކުރުމަށެވެ.
ނަމަވެސް އިސްލާމީ މަރުކަޒުގައި މިރޭ ވަނީ ޖަމާއަތުގައި ތަރާވީހް ނަމާދުކޮށްފަ އެވެ. މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެ ނަމާދު ޓީވީތަކުން ވަގުތުން ދެއްކި އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް، "މިހާރު" އަށް ވިދާޅުވީ ޖަމާއަތުގައި ތަރާވީހް ކުރަނީ ދީނީ ޕްރޮގްރާމްތައް އުފެއްދުމަށް އެ މިނިސްޓްރީގެ ތެރޭގައި ލޮކްޑައުންވެ ތިިބި މުވައްޒަފުން ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭއިރު އެއީ ސްޓޭޓް މިނިސްޓާ ޝައިހް އިލްޔާސް ޖަމާލްގެ ދަރިކަލުން ކަމަށާއި އެ ކުއްޖާ ވެސް ހުރީ ލޮކްޑައުންގައި ކަމަށް އަފްރާހް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީ ހިންގަނީ އިސްލާމިކް މަރުކަޒުގަ އެވެ.
އަފްރާހް ވިދާޅުވީ ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް ލޮކްޑައުންގައި ތިބި 10 މީހުންގެ ޖަމާއަތުން ތަރާވީހް ނަމާދުކޮށް ޓީވީތަކުން ލައިވްކުރާނެ ކަމަށެވެ.
"އެ މުވައްޒަފުން މިނިސްޓްރީގެ ތެރެއިން ނުކުންނާނީ ލޮކްޑައުން ނިމުނީމަ. އެ ޓީމަކީ ދީނީ އެކިއެކި ޕްރްގްރާމްތައް އުފައްދައި ޓީވީތަކުން ދެއްކުމުގެ މަސައްކަތް ކުރާ ޓީމް،" އަފްރާހް ވިދާޅުވި އެވެ.
މިނިސްޓްރީގެ ތެރޭގައި ލޮކްޑައުންވެ ތިބި މީހުންގެ ތެރޭގައި ޝައިހުންނާއި ކެމަރާމަނުން ފަދަ ޓެކްނިކަލް މީހުން ވެސް ހިމެނެ އެވެ.
ރޯދަ މަހަކީ މިސްކިތްތަކަށް ބާރު ބޮޑުވާ މަހަކަށް ވިޔަސް ކޮރޯނާވައިރަހާ ހެދި މިކަމަށް ވަނީ ހުރަސްއެޅިފަ އެވެ. އިސްލާމީ އެތައް ގައުމެއްގައި ވަނީ، މި ދުވަސްވަރު މީހުން އެއްވެ އުޅުން ރައްކާތެރި ކަމަކަށް ނުވާތީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފަ އެވެ. މައްކާގެ ހަރަމްފުޅުގައި ވެސް އަމަލުކުރަނީ މިގޮތަށެވެ. ނަމަވެސް އެތަނުގައި ވެސް ގާއިމުވެ ތިބޭ މުވައްޒަފުން ތަރާވީހް ނަމާދުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ތިން މަހަށް ފަހު އުފަލުން ހުކުރަށް
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް ދެބެއިން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ
މާލޭގައި 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި