15 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއާ އެކު ކުރެއްވި ކާމިޔާބު ކެމްޕޭނަށް ފަހު އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއިލާއާ އެކު ޗުއްޓީ ހޭދަކުރައްވަން އިނގިރޭސި ވިލާތަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއާ އެކު ކުރެއްވި ކާމިޔާބު ކެމްޕޭނަށް ފަހު އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއިލާއާ އެކު ޗުއްޓީ ހޭދަކުރައްވަން އިނގިރޭސި ވިލާތަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ބުނީ އެމަނިކުފާނު ލަންޑަނުގައި އާއިލާއާ އެކު ކުރު ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހު މި މަހު ފަހުކޮޅު ދެން ވަޑައިގަންނަވާނީ އެމެރިކާ އަށް ކަމަށެވެ.
އެމެރިކާއަށް ވަޑައިގަންނަަވަނީ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ހިންގާ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އިން ބާއްވާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އޭޕްރިލް 25 ގައި ފަށާ އެ ހަރަކާތުގައި ނަޝީދުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުހިއްމު ބައެއް ފަރާތްތަކުން ބައިވެރިވާނެ އެވެ.
ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އަކީ ޚުދުމުހުތާރު ސަރުކާރުތަކުން އިންސާފުން ބޭރުން ޝަރީއަތް ކުރާ ފަރާތްތަކަށް ހައްގު ހޯދައިދޭން 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެއް މުއައްސިސް އަމާލް ކްލޫނީ ވަނީ ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެން މަސައްކަތް ކުރައްވައިފަ އެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭންގައި ނަޝީދު ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ. މާލޭގައި އެމަނިކުފާން ވާދަކުރެއްވި މައްޗަންގޮޅީ މެދު ދާއިރާގައި ވަނީ ދޮރުން ދޮރުން ހިންގަވައި ކެމްޕޭން ކުރައްވައިފަ އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!
މަގާމްތަކަށް ހިޔާލުފާޅުކުރުމަކީ މައްސަލައެއް ނޫން:ހަސަން
އެމްޑީޕީގެ ކާމިޔާބީ ފާހަގަ ކުރަން ހާއްސަ ހަފްލާއެއް
އެމްޑީޕީން 50 ގޮނޑި ހޯދުމުން 24 ގަޑިއިރު ފަތަނީ
ސުޕަ މެޖޯރިޓީއާ އެކު މަޖިލިހުގައި ދެން ވާނީ ކިހިނެއް؟
ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު
މަޖިލީހުގައި ޖޭޕީ އަކީ އިދިކޮޅު ޕާޓީ: ނަޝީދު
މަޖިލީސް ރައީސަކަށް އަސްލަމް ވެދާނެ ކަމުގެ އިޝާރާތެއް
ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި
ހަވާލުކުރި މަސައްކަތް ރަނުން ރަނަށް ކޮށްދޭނަން: ނަޝީދު