Roadha Mihaaru
އެމްޑީޕީގެ ކާމިޔާބީ ފާހަގަ ކުރަން ހާއްސަ ހަފްލާއެއް

މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ހަފްލާއެއް

13 އެޕްރީލް 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ހަފްލާއެއް މާލޭގައި މިރޭ ބާއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ހަފްލާއެއް މާލޭގައި މިރޭ ބާއްވައިފި އެވެ.

ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ލައިވް މިއުޒިކާ އެކު ކުރިއަށް ގެންދިޔަ ހަފްލާގައި ހާއްސަ ޖާފަތެއް އޮތެވެ.

އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

މި ސަރުކާރު ހިންގާ ކޯލިޝަން ގައި މައި ޕާޓީނ އެމްޑީޕީން މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދި އިރު، އެއީ ގާނޫނުއަސާސީ ބަދަލުކޮށް ބިލްތަކާއި ގަރާރުތައް ފާސްކޮށް، އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރަން، އެހެން ބައެއްގެ ރުހުން ހޯދަން ނުޖެހޭ ވަރުގެ ބޮޑު މެޖޯރިޓީއެކެވެ. އެމްޑީޕީން 65 ގޮނޑި ނެގި އިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަށް ފަސް ގޮނޑި، ކޮންގްރެސް ޕާޓީ އަށް ތިން ގޮނޑި، އެމްޑީއޭ އަށް ދެ ގޮނޑި، މިނިވަން ހަތް ގޮނޑި ވަނީ ލިބިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީން އަށް ލިބުނީ އެންމެ 26 ގޮނޑި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ގައި ބޭއްވި އާންމު އިންތިޚާބުގައި ވެސް އެމްޑީޕީ އަށް ހޯދުނީ 26 ގޮނޑި އެވެ.