Roadha Mihaaru
ހަވާލުކުރި މަސައްކަތް ރަނުން ރަނަށް ކޮށްދޭނަން: ނަޝީދު

ރައްޔިތުން ހަވާލުކުރި މަސައްކަތް ރަނުން ރަނަށް ކޮށްދޭނަން: ނަޝީދު

07 އެޕްރީލް 2019

"ރޮލެކްސް ގަޑި އާއި ކޮހިނޫރް އަނގޮޓީގެ ޒަމާން ނިމުނީ. ތިޔަބޭފުޅުން އިންތިޚާބު ކުރީ ނަޒާހަތްތެރި މަޖިލިހެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވާޖިބު އަދާކޮށްދޭނަން،" މާލޭގެ ކުރީގެ އަޑި ޕާކް ސަރަހައްދަށް އެއްވެފައި ތިބި ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ގުގުމައިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މި ވާހަކަފުޅުންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

"ރޮލެކްސް ގަޑި އާއި ކޮހިނޫރް އަނގޮޓީގެ ޒަމާން ނިމުނީ. ތިޔަބޭފުޅުން އިންތިޚާބު ކުރީ ނަޒާހަތްތެރި މަޖިލިހެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވާޖިބު އަދާކޮށްދޭނަން،" މާލޭގެ ކުރީގެ އަޑި ޕާކް ސަރަހައްދަށް އެއްވެފައި ތިބި ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ގުގުމައިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މި ވާހަކަފުޅުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ހުންނަވައި ނަޝީދު އެ ވާހަކަފުޅު ފެއްޓެވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ ޕާޓީ އަށް ލިބުނު ބޮޑު ކާމިޔާބީ އަކީ ރައްޔިތުންގެ ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ. ނަޝީދު އެގޮތަށް ވިދާޅުވިއިރު، މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ބައެއް މެމްބަރުންނަކީ ނަޒަހާތްތެރި، އިހްލާސްތެރި މެމްބަރުން ނޫން ކަމަށް ވިދާޅުވެ، ކުރިން އެމަނިކުފާނު ފާޑު ވިދާޅުވި އެވެ.

"ރާއްޖެ އަލިވިލެން މިދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީންދޫ އިން ޖަރީވެފައިވާ ފަތިހަކަށް. ރާއްޖޭގެ ރައްޔިތުންގެ އުންމީދީ ފަތިހަކަށް. ތިޔަބޭފުޅުންގެ ހަވާލުކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަށް، ރަނުން ރަނަށް ކޮށްދޭނަން،" --- ނަޝީދު

މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ބައެއް މެމްބަރުންނަށް މާލީ ގޮތުން އެތައް ތަނަވަސްކަމެއް ލިބިވަޑައިގެންނެވި ކަމަށް ބުނެ، ގިނަ ބަޔަކު ކުރިން ވަނީ އެ މެމްބަރުންނަށް ފާޑު ކިޔައިފަ އެވެ. އެގޮތުން، ނުހައްގު މުއްސަނދިކަން ހޯދައިގެން ފްލެޓާއި އެޕާޓްމަންޓާއި އަގުބޮޑެތި މުދާ ފަދަ ތަކެތި، މެމްބަރުން ބައްލަވައިގަތް ކަމަށް ވިދާޅުވެ، އެ މެމްބަރުންނާ މެދު ގިނަ ބަޔަކު ތިބީ ނުރުހިފަ އެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި އާ ރައްޔިތުންގެ މަޖިލިހެއް ރައްޔިތުން އެކުލަވައިލީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށެވެ. ރައްޔިތުން ބޭނުންވީ ބޯހިޔާވަހިކަން ކަމަށާއި ރައްޔިތުން އެދުނު ގޮތަށް މަޖިލިހުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަޑި ޕާކް ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަޑި ޕާކް ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި ކާމިޔާބީ އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިޔަބޭފުޅުންގެ ކާމިޔާބެއް. އެއްވެސް އޮޅުމެއް ނެތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމަށް ވަޑައިގެންނެވި ފައިސަލް ނަސީމާއި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އުފާފާޅުކުރުމުގެ އެއްވުމުގައި ނަޝީދު ވިދާޅުވި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ އަލިވިލެން މިދަނީ އުފާވެރި ފަތިހަކަށެވެ. އަދި ފަތިސް ވެގެން ދާނީ ރަން ރީނދޫ އިން ޖަރީވެފައިވާ ފަތިހަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރޮލެކްސް ގަޑި އާއި ކޮހިނޫރް އަނގޮޓީގެ ޒަމާން ނިމުނީ. ތިޔަބޭފުޅުން އިންތިޚާބު ކުރީ ނަޒާހަތްތެރި މަޖިލިހެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވާޖިބު އަދާކޮށްދޭނަން،" --- ނަޝީދު

"ރާއްޖެ އަލިވިލެން މިދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީނދޫ އިން ޖަރީވެފައިވާ ފަތިހަކަށް. ރާއްޖޭގެ ރައްޔިތުންގެ އުންމީދީ ފަތިހަކަށް. ތިޔަބޭފުޅުންގެ ހަވާލުކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަށް، ރަނުން ރަނަށް ކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އަޑި ޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ތަރުހީބު ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަޑި ޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ތަރުހީބު ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ އެންމެ އިސް ވާޖިބަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮމާންކަމާއި އަމާންކަމާއި ހަމަޖެހުމާ އެކީގައި ހިނގިޔަ ދިނުން ކަމަށެވެ. އަދި މެމްބަރުން މަސައްކަތް ކުރައްވާނީ ރައްޔިތުން ދިން ތާއީދާ އެކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީ އަށް ގެއްލެނީ މާލެ ސިޓީގެ ވިލިމާލެ ގޮނޑި އެކަންޏެވެ. އެގޮތުން މާލޭގެ ބާކީ އޮތް 14 ގޮނޑި އާއި އައްޑޫ ސިޓީގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް 60 އެއްހާ ގޮނޑި ވަނީ ލިބިފަ އެވެ.