Roadha Mihaaru
"ފޯލްޑަބްލް ފޯން" އަކީ ފަތްޖެހިފޯނު

"ފޯލްޑަބްލް ފޯން" އަކީ ފަތްޖެހިފޯނު

16 އެޕްރީލް 2019

އަަހަރެމެންގެ ތެރެ އަށް މުޅިން އަލަށް ތައާރުފުވާ، ބޭނުންކުރަންޖެހޭ ބައެއް ތަންތަނާއި ތަކެއްޗަށް ކިޔަން ދިވެހި ނަންތަކެއް ނުހުރެ އެވެ. މި ފަދަ ހާޖަތެއް ޖެހުމުން، އޮތީ އެކަށޭނަ ނަމެއް މުޅިން އަލަށް އުފައްދާށެވެ. މި ގޮތަށް ނަމެއް ހެދުމުން ބައެއް ފަހަރު ބަލައިގަންނަން އުނދަގޫ ނަންތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް، (complex) "އެކުވެނި" (sports complex) "ކުޅިވަރު އެކުވެނި" ކަހަލަ ރީތި އަދި ބަހުގެ ތެރެއަށް ފަސޭހައިން ވަދެގެންދާ ނަންތައް ވެސް އެބަހުއްޓެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ފޯލްޑަބްލް ފޯން"ތައް ތައާފުރުވަނީ އެވެ. އެ އަށް ކިޔާނެ ދިވެހި ނަމެއް ނެތެވެ. މި ފަދަ ސްމާޓް އާލާތްތަކަށް ކިޔަން ރަނގަޅު ދިވެހި ނަމެއް ނެތުމަކީ ލިޔުންތެރިންނަށް ވަރަށް ދަތިވާ ކަމެކެވެ.

މި އުޅެނީ "ފޯލްޑަބްލް ފޯން" އަށް ކިޔާނެ ރީތި ދިވެހި ނަމަކާ މެދު އަހަރެމެން ވެސް ބަހުސްކުރަން ޖެހިގެންނެވެ. އަހަރެމެންނަށް އެންމެ ކަމުދާ ކަމަށް ބެލެވުނީ "ފަތްޖެހިފޯން" އެވެ.

"ފޯލްޑަބްލް ފޯން" އަށް ދިވެހި ނަމެއް ހޯދަން ކުރި މަސައްކަތުން އެންމެ ބޮޑަށް އަޅައިގަތީ "ފަތްޖެހިގޮނޑި" އަދި "ފަތްޖެހިއެނދު" ގަ އެވެ. މިއީ ޒަމާންތަކެއް ކުރިން ވަރަށް މަޝްހޫރު އަދި މިހާރު ވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރާ އެއްޗެކެވެ.

ފަތްޖެހިގޮނޑި – ދިވެހި ބަހުގެ ރަދީފުގައި ފަތްޖެހިގޮނޑި މާނަކޮށްފައި ވަނީ މި ގޮތަށެވެ: "ލައްޕައި ހުޅުވޭ ގޮތަށް ހަދައި ފޮތި ފަދަ ތަކެތި ޖަހައިފައި ހުންނަ ގޮނޑި" އަދި އެއީ "ފޮތިޖެހި ގޮނޑި" ކަމަށް ވެސް ބުނެފައި ވެ އެވެ.

ފަތްޖެހިއެނދު – ދިވެހި ބަހުގެ ރަދީފުގައި ފަތްޖެހިއެނދު މާނަކޮށްފައި ވަނީ، އެއީ "ލައްޕައި ހުޅުވޭ ގޮތަށް ހަދައި ފޮތި ފަދަ ތަކެތި ޖަހައިފައި ހުންނަ އެނދު" ކަމަށް ބުނެ އެވެ. މިއީ މެންދުރު ދެބަނޑަށް ކައިގެން، ބަނޑުދަމާލަން އަރާމު އެނދެކެވެ.

މި ނަންތަކަށް ބަލައި، ފޯލްޑަބްލް ފޯނަށް "ފަތްޖެހޭ ފޯނު" އޭ ނުކިޔައި "ފަތްޖެހި ފޯނު" ކިޔުން ކިހިނެއް ހެއްޔެވެ؟