Roadha Mihaaru
ވަންޕްލަސް ދާއިރާ ފުޅާކުރަން ވިސްނަނީ

ވަންޕްލަސް ދާއިރާ ފުޅާކޮށް ފޯނުތައް ދަރަޖަކުރަނީ

30 މެއި 2020

ވަންޕްލަސް އިން ބުނަނީ ނުއަގުގައި ސްމާޓްފޯން ވިއްކުމަކީ އަބަދު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. ވަންޕްލަސް އިން މިހެން ބުނީ، ސްމާޓްފޯން މާކެޓްގައި ވާދަވެރިންނަށް ވުރެ ހެޔޮ އަގުގައި، ބާރުގަދަ ފޯނުތައް ވިއްކާ ކުންފުންޏެއް ގޮތުގައި ނަންވެ، ކަންވެފައި ވާތީ އެވެ. ވަންޕްލަސް އެހާ އަވަހަށް މަޝްހޫރުވެ، މަގުބޫލުްވެފައި ވަނީ ވެސް މި ސަބާ ހެދި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަންޕްލަސް އިން ބުނަނީ ނުއަގުގައި ސްމާޓްފޯން ވިއްކުމަކީ އަބަދު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. ވަންޕްލަސް އިން މިހެން ބުނީ، ސްމާޓްފޯން މާކެޓްގައި ވާދަވެރިންނަށް ވުރެ ހެޔޮ އަގުގައި، ބާރުގަދަ ފޯނުތައް ވިއްކާ ކުންފުންޏެއް ގޮތުގައި ނަންވެ، ކަންވެފައި ވާތީ އެވެ. ވަންޕްލަސް އެހާ އަވަހަށް މަޝްހޫރުވެ، މަގުބޫލުްވެފައި ވަނީ ވެސް މި ސަބާ ހެދި އެވެ.

ވަންޕްލަސްގެ ސީއީއޯ، ޕީޓާ ލޫ ވިދާޅުވި ގޮތުގައި، ކުންފުންޏަށް ބަދަލުތަކެއް ގެންނަން އެބަ ޖެހެ އެވެ. ސްމާޓްފޯން މާކެޓްގައި ދާއިރާ ފުޅާކުރަން ޖެހެ އެވެ. ސެމްސަންގް، ވާވޭ އަދި އެޕަލް ފަދައިން، ފޯނުތައް ދަރަޖަކުރެވެން ޖެހެ އެވެ. އެއީ ވަންޕްލަސް އަކީ ގިނަ ބަޔަކު ބޭނުންކުރާ މަރުކާއަކަށް ހެދުމަށެވެ.

ޕީޓާ ލޫގެ ވިސްނުން ހުރީ ވަންޕްލަސްގެ ފޯނުތައް ކަފިކޮށްލާ ގޮތަށެވެ. މޮޑެލްތަކަކަށް ބަހާލާ ގޮތަށެވެ. އެ ގޮތުގައި، ކޮންމެ އަހަރަކު ޕްރީމިއަމް، އަގު ބޮޑު ފޯނެއް އަދި ބަޖެޓް ފޯނެއް ނެރޭ ގޮތަށެވެ.

ސްމާޓްފޯން މާކެޓްގައި ވާދަވެރިން، ސެމްސަންގް، ވާވޭ އަދި އެޕަލުން ވެސް މިހާރު ކަންކުރަނީ މި ގޮތަށެވެ. އަގު ބޮޑު ފޯނުތަކާ އެކު އަގު ދަށް ފޯނުތަކެއް ވެސް ދަނީ ތައާރުފުކުރަމުންނެވެ. އެއީ ވިޔަފާރީގައި ގިނަ ބަޔަކު ޝާމިލުކުރުވުމަށެވެ. ވަކި ކުންފުންޏަކަށް ނުވަތަ ވަކި މޮޑެލްއަކަށް ލޯބިކުރާ އެކަކު ވެސް ބާކީވިޔަނުދިނުމަށެވެ.

ވަންޕްލަސް އިން، މި ވިސްނުމުގައި ކަންކުރަން އޮތީ ތަންކޮޅެއް ކުރިން ކުރި ގޮތަށެވެ. މީގެ ދުވަސްތަކެއް ކުރިން ވަންޕްލަސް އިން "ވަންޕްލަސް އެކްސް"ގެ ނަމުގައި ފޯނެއް ނެރުނެވެ. އެއީ އަގު ހެޔޮ، ބަޖެޓް ފޯނެކެވެ. ހިތްގައިމު އަދި ބޭނުންކުރަން ފަސޭހަ ފޯނެކެވެ.

ވަންޕްލަސް އިން ދާއިރާ ފުޅާކޮށް އުފެއްދުންތައް ކަފިކޮށްލުމުން، ކޮންމެ އަހަރަކު ފޯނުތައް ދެ ދަރަޖައަކަށް ބެހެވިގެން ދާނެ އެވެ. އަގު ބޮޑު ފޯނެއް އައި ބަޖެޓް ފޯނެކެވެ.

ވަންޕްލަސް އިން މިހާރު ވެސް ވަނީ އަގު ހެޔޮ ފޯނަކާ މެދު ވިސްނަން ފަށާފަ އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ނަންވެފައި ވާ "ވަންޕްލަސް ޒީ" އަކި މި ބާވަތުގެ ފޯނަކަށް ވާނެ އެވެ. ޒަމާނަށް ބޭނުންވާ ހުރިހާ ސިފައެއް، 5ޖީ ވެސް ހިމެނޭ ގޮތުން، "ވަންޕްލަސް ޒީ" ގައި ގާއިމުކުރި ނަމަވެސް އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.